ads
ފެނަކައިން ނައިފަރަށް ގެންދިޔަ ޖަނަރޭޓަރު ރަށަށް ބާލަނީ
ރަށްރަށުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް
ފެނަކަ ކޯޕަރޭޝަނުގެ ހާލަތު ރަނގަޅުކުރުމާއެކު، ރާއްޖޭގެ ރަށްތަކުގައި ކަރަންޓު ކެނޑޭ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަށްރަށުން ކަރަންޓް ކެނޑޭ މައްސަލައިގައި ވ. ރަކީދޫގެ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ފެނަކަ ދަރުވާލާފައި އޮތުމުގެ އިތުރަށް އެންމެ ބޮޑު މައްސަލަ އަކީ އިންޖީނުގެތަކުގެ ހާލަތު ދަށްވުން ކަމަށެވެ.

އެގޮތުން ޖެނެރޭޝަން ސެޓްތަކާއި އެހެނިހެން އާލާތްތައް އިންޖީނުގެތަކުގައި ނުބަލަހައްޓައި މަރާމާތު ނުކޮށް ހުރިކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ސަބަބުން އެތައް އެތައް ރަށެއްގައި ވަނީ އެ ތަކެތި ބަދަލު ކުރަން ޖެހިފައި. އެއީ ހާލަތަކީ. އެހެންވީމަ އަޅުގަނޑުމެން މިހާރު އެ މަސައްކަތް ފަށައިގެން މި އުޅެނީ އެކި ރަށްރަށުގައި ބަދަލު ކުރަން ޖެހިފައި ހުރި ޖެނެރޭޓަރުތައް ބަދަލު ކުރުމާއި އަދި އާ ޖަނެރޭޓަރު ސެޓްތައް ގެނައުމަށް." ރައީސް ވިދާޅުވި އެވެ.

ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވުން މިފަހަކަށް އައިސް ވަނީ ވަރަށް އާންމުވެފަ އެވެ. ބައެއް ރަށްރަށުގައި މި މައްސަލަ ރޯދަ މަހު ވެސް ދިމާވެ އެވެ.

ފެނަކައިން ފޯރުކޯށްދޭ ހިދުމަތް ހަރުދަނާކުރުމުގެ މަސައްކަތް މިހާރުކުރަމުންގެންދާއިރު، އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލަ ޖެހިގެން މިދިޔަ މަހު އެ ރަށަށް ވަނީ އާ ޖަނެރޭޓަރެއް ގެންގޮސްފަ އެވެ. 

އަދި ކުޅުދުއްފުށި ސިޓީގެ ކަރަންޓު މައްސަލަ ޙައްލުކުރުމަށް ވެސް 800 ކިލޯ ވޮޓުގެ ޖެނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ފެނަކަ ކޯޕަރޭޝަނުން ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް