މި ޖަލްސާ ބާއްވަން ކުރިން ނިންމީ މިރޭ ގިޔާސުއްދީން ސްކޫލްގައެވެ. އެހެންނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުންކަަށް ބުނެ މިރޭ ޖަލްސާ ކެންސަލް ކުރިކަން ރޭ ދަންވަރު އިއުލާންކުރިއެވެ.
ޕާޓީ އުފެދުމުގައި ކުރީ ސަފުގައި މަސައްކަތް ކުރައްވާ މަލީހް ޖަމާލު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް މިހާރު ލިބުމާއިއެކު މާދަމާރެއަށް ޖަލްސާ ތާވަލުކޮށްފައިވާކަމަށެވެ. އަދި ޖަލްސާ އޮންނާނީ މާދަމާރޭ 09:15ގައި ގިޔާސުއްދީން ސްކޫލް ހޯލުގައިކަމަށްވެސް މަލީހް ވިދާޅުވިއެވެ.
މި ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް ރައީސް ޔާމިން އެދިވަޑައިގަތެވެ. ކަރެކްޝަނުން އެކަމަށް ހުއްދަ ދީފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ޕީއެންއެފުން ބުނީ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވަޑައި ގަންނަވާނެކަމަށެވެ.