ކުޅުދުއްފުށީގައި ހުރި ޖަނެރޭޓަރު ސެޓަކަށް މައްސަލަ ދިމާވެ ކޮންމެ ދުވަހަކު އެރަށުން ދަނީ އެ ކި ހިސާބުތަކުން ގަޑިއިރަކަށް ކަރަންޓް ކަނޑަމުންނެވެ، މި ރޯދަ މަސް އެއްކޮށް އެރަށުގެ ރައްޔިތުންނަށް ކަރަންޓް ލިބެމުން ދިޔައީ މިގޮތަށެވެ.
ރޯދަމަސް ނިންމެން އެއްދުވަހަށް ވުމުން ފެނެކައިން މިއަދި ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށި ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓްގެ ހިދުމަތް ލިބުމުގައި މި ރަމަޟާން މަހު ދިމާވި ގިނަގުނަ ގޮންޖެހުންތަކަށް އެކުންފިނިން ނިހާޔަތަށް މައާފަށް އެދޭކަމަށެވެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް މެދުނުކެނޑި ކުރަމުން އަންނަކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ ކަރަންޓަށް ދިމާވި މައްސަލައަށް ޒިންމާ ނެގުގެގޮތުން ކަރަންޓް ބިލުން 50 ޕަސެންޓް މައާފުުރަން ނިންމާފައިވާކަމަށެވެ.
ފެނަކައިން ބުނީ ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެ ސިޓީއަށް މިހާރުވެސް އާ ޖަނެރޭޓަރު ސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަަށެވެ. އަދި މި މަސައްކަތް ނިމުމުން ވަގުތީ ހައްލެއް ލިބިގެންދާނެކަމަށްކަމަށްވެސް ފެނަކައިން ބުނެއެވެ.
ފެނަަކައިން ނެރުނު ބަޔާނުގައި ބުނީ ރަށްތަކަށް ކަރަންޓް މައްސަލަ ދިމާވެގެން އުޅެނީ މިދިޔަ ސަރުކާރުން ވެފައިވާ އިހްމާލުންކަމަށެވެ.