ads
އަލީ ވަހީދު. އޭނާގެ މައްޗަށް ވަނީ ޖިންސީ ގޯނާކޮށް ރޭފްކުރުމުގެ ތުހުމަތު އުފުލާފައި
އަލީ ވަހީދަށް ފިޔަވަޅު އެޅެނީ އިތުރު ހެކިލިބިގެން:އެމްޑީޕީ
އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގައި ފިޔަވަޅު އެޅެނީ އިތުރު ހެކި ލިބިގެންކަމަށް އެމްޑީޕީން ބުނެފިއެވެ.
Advertisement

އަލީ ވަހީދު އަންނަނީ ރައްޔިތުން މަޖިލީހުގެ ކުދުއްފުށި ދެކުނު ދައިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަމުންނެވެ. އަލީ ވަހީދު މިދިޔަ ސަރުކާރުގައި ޓްއަރިޒަމް މިނިސްޓަރުގެ ގޮތުގައި ހުންނެވިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުދިންގެ ބަޔާންތައް ވަނީ ލީކުވެފައެވެ. 

އެ މައްސަލާގައި އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކޮށް މިދިޔަ ސަރުކާރުގައި ވަނީ އޭނާގެ މައްޗަށް 9 ދައުވާއެއްވެސް އުފުލާފައެވެ. އެހެންނަމަވެސް މިދިޔަ ރިޔާސީ އިންތިހާބު ދުވަސްވަރު ޕީޖީ އޮފީހުން ވަނީ އެ ދައުވާތައް އަނބުރާ ނަގާފައެވެ. 

އަލީ ވަހީދަށް ކުރެވޭ  ތުހުމަތަކާއި ގުޅިގެން އެމްޑީޕީއާއި ސުވާލުކުރުމުން މަޖިލިސް އިންތިހާބުގެ އެޕާޓީގެ  ތަރުޖަމާނު އަހުމަދު އީސަ ވިދާޅުވީ އަލީ ވަހީދަށް ފިޔަވަޅު އަޅަންޖެހޭ ހާލަތެއް އަދި ނެތްކަމަށެވެ. އަލީ ވަހީދުގެ މައްޗަށް އޮތީ ހަމައެކަނި ތުހުމަތަކާއި އެ ތުހުމަތުތަކަށް ބާރު ދޭން އެ ވާހަކަތައް ދައްކާފައިވާ ބަޔާންތަކެއް އެކަނި ކަމަށް އީސަ ވިދާޅުވިއެވެ. އެހެންނަނަމަވެސް ހެކި ފެނިއްޖެނަމަ ފިޔަވަޅު އަޅާނެކަމަށް އީސަ ވިދާޅުވިއެވެ. 

"އެ މައްސަލައިގެ އިތުރު ހެއްކެއް ހޯދި، ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ދައުވާ ކުރެވޭނެ އެއްވެސް މަގެއް އަތުވެއްޖެ ހާލަތެއްގައި، އަޅަން ޖެހޭ ފިޔަވަޅު އަޅާނެ،" އީސަ ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގައި އެމްޑީޕީން ފިޔަވަޅު ނޭޅިނަމަވެސް އެ ޕާޓީން ކާސިދީ ދައިރާއަށް ފުރަތަމަ ވާދަކުރި އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅާ އޭނާވަނީ އެމްޑީޕީން ވަކިކޮށްފައެވެ. ޖާބިރުގެ ޓިކެޓް އަތުލާ އޭނާ އެމްޑީޕީން ވަކިކުރި ހުތުރު ބަހުން ވާހަކަ ދައްކާކަމަށް ބުނެއެވެ.  

އަލީ ވަހީދު ޖިންސީ ގޯނާކުރިކަމަށް ބުނެ އެކަމުގެ ޝިކާރައަކަށްވި އަންހެން ކުދިން ދިން ބަޔާންތައް ލީކުވިއިރު އެ ބަޔާންތަކުގައި ކަންބޮޑުވާންޖެހޭ ކަންކަން ހުރިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަލީ ވަހީދަށް ކުރެވޭ ޖިންސީ ގޯނާ ތުހުމަތުތަކުގައި އޭނާއާ މެދު ފިޔަވަޅު ނާޅާތީ ސަރުކާރު ހިންގާ ޕީއެންސީ ކޯލިޝަނުންވެސް ވަނީ ދާދި ފަހުން ފާޑު ކިޔާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް