ads
ހަރަމްފުޅު
ހަރަމްފުޅުގެ ޓެރަސް މަތިން މީހަކު ފުންމާލައިފި
މަސްޖިދުލް ޙަރަމްގެ ޓެރަސް މަތިން މީހަކު ފުންމާލައިފިއެވެ.

މަތިން ފުންމާލި މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އެހެންނަމަވެސް މިީ ކޮން ގައުމަކަށް ނިސްބަތްވާ ކޮން ޖިންސެއްގެ މީހެއްކަމެއް ސައުދީ އަކުން ނުބުނެއެވެ.

އެ ގައުމުން ބުނީ އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަނުކޮށް "ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ" ކަމަށެވެ. އަދި މި މިހާ އަމިއްލަ އަށް މަރުވުމަށް ހަރަމްގެ ޓެރަސް މަތިން ފުންމާލި މައްސަލަ މަސްޖިދުލް ޙަރަމްގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ސްޕެޝަލް ފޯސްއިން ބަލަން ފަށާފައިވާކަމަށެވެ. 

2018 ވަނަ އަހަރު މަސްޖިދުލް ހަރަމްގެ ޓެރަސްމަތިން އުމުރުން 26 އަހަރުގެ މީހަކު ފުންމާލިއެވެ. އެމީހާ ތޮވާފް ކުރާ މަތާފް ސަރަހައްދުން ނެގިއިރުވެސް ވަނީ މަރުވެފައެވެ. 

އެ އަހަރުގެ ހާދިސާއަށް އަށްފަހހު ހަރަމްގެ އެންމެ މަތީ ޓެރަސްގެ ޗެންޗޭނުތަކާއި ކައިރި ނުވެވޭގޮތަށް ބައްދާ އެތަންތަނުގައި ސަލާމަތީ ކަންކަން އައީ ބަލަހައްޓަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް