ads
ރައީސް ޔާމީން ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަނީ . / ފޮޓޯ: ޗެނަލް13
ޖަލްސާ ބޭއްވިޔަ ނުދޭން ސަރުކާރުދަނީ ހުރަސްއަޅަމުން: މަލީހް
ރައީސް ޔާމީން އިސްވެ ހުންނަވާ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ބައްވަން ތައްޔާރުވާ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅަމުން އަންނަކަމަށް އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ. ޖަލްސާ ބޭއްވިޔަ ނުދޭން ސަރުކާރުދަނީ ހުރަސްއަޅަމުން: މަލީހް
Advertisement

ޕީއެންއެފް އުފައްދުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 09:15 ގައި ގިޔާސުއްދީން ސްކޫލް ހޯލުގައެވެ. މި ޖަލްސާގައި ރައީސްް ޔާމީން ބައިވެރިވާނެކަމަށް އެ ޕާޓީން ބުނެއެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ހުއްދައާ އެކު މިރޭ ބާއްވަން ތައްޔާރުވަމުންދާ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅަމުން އަންނަކަމަށެވެ. 

" އެހީތެރިކަން ނުދީފިނަމަ އެކަމުގައި އއެންމެ އިސްކޮށް އުޅޭ ބޭފުޅުންގެ ނަންތައް ހާމަކުރާނަން. " މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެއެވެ.

ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރެއެވެ. އެ ޖަލްސާ ކެންސަލްކުރިކަން އިއުލާންކުރަމުން އޭރުވެސް މަލީހް ވިދާޅުވީ ޖަލްސާ ކެންސަލްކުރީ ސަރުކާރުގެ އިދާރާތަކުން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެންކަމަށެވެ. 

މި ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް ރައީސް ޔާމިން އެދިވަޑައިގަތެވެ. ކަރެކްޝަނުން އެކަމަށް ހުއްދަ ދީފައިނުވާކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ޕީއެންއެފުން ބުނީ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވަޑައި ގަންނަވާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް