ads
އެމްއެސް އައިޑަބެލާ ރާއްޖޭގައި - ފޮޓޯ:މާޔާ
ރާއްޖެއަށް އިތުރު ކްރޫޒްލައިނާއެއް އަތުވެއްޖެ
ދެހާހަށް ވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެއަށް އަނެއްކާވެސް ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފި އެވެ.

އިޓަލީން އައިސްފައިވާ އެމްއެސް އަޑަބެލާއަކީ މި އަހަރުގެ އަށްވަނަ ކްރޫޒްލައިނާ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)އިން ބުނީ މާލޭގައި މިހާރު ބަނދަރުކޮށްފައި އޮތް ކްރޫޒްލައިނާއިން 2،148 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.

މެލޭޝިއާއިން ފުރައިގެން ރާއްޖެ އައި މި އުޅަނދު މާލެ ކައިރިއަށް ބަނދަރުކުރީ އިއްޔެ ހެނދުނު 6:30 އެހާކަންހާއިރު އެވެ. އެމްއެސް އައިޑަބެލާ މާލޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ފަރުތުރުވެރިން މިހާރު ވަނީ މާލެ ފައިބާފަ އެވެ.

އެމްއެސް އައިޑަބެލާއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތޭރެގައި ވެސް ރާއްޖެ އައި ކްރޫޒްލައިނާއެކެވެ. އެ ފަހަރު އެ އުޅަނދުގައި 2000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފަ އެވެ.

މި ކްރޫޒްލައިނާގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު ތިން ކްރޫޒްލައިނާ މާލެ އަންނަން ހަމަޖެހިފައިވާ ކަމަށް މާޔާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް