ads
އިބްތިޝާމް އަދި ޗީފް ގެސްޓް
އިބުއްޓެގެ މޮޅު ލަނޑުތަކުން ފަހުލަވާން މޮޅުވެއްޖެ
ފ. ނިލަންދޫގައި ކުރިއަށްދާ، ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުން، ހުސެއިން އިބްތިޝާމްގެ މޮޅު ލަނޑުތަކާއެކު ފަހުލަވާނު މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ފަހުލަވާން މޮޅުވީ އެސްޖީސީއާ ވާދަކޮށް ތިން ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި ފަހުލަވާނުން ކުރިން ދެ ލަނޑު ޖަހައި ލީޑެއް ހޯދާފައިވަނިކޮށް، އެސްޖީސީން ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. 

އެހެންނަމަވެސް މެޗުގެ ފަހުކޮޅު، ފަހުލަވާނުގެ އިބްތިޝާމް ޖެހި މޮޅު ލަނޑާއެކު މެޗު ނިމުނީ ތިން ލަނޑު ދެ ލަނޑުން ފަހުލަވާން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ދެ ލަނޑު ޖެހި އިބްތިޝާމްއެވެ.

އީދު ވިލޭރޭ މުބާރާތް ފެށުނު އިރު، މުބާރާތުގައި ރޭ ދެމެޗު ކުޅުނެވެ. ރޭގެ ފަހު މެޗުން މޮޅުވީ އެންވައިޖީއެވެ. 

މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް