ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް
ފެނަކައިން އެސްޓީއޯ އަށް 1.9 ބިލިއަން ދައްކަން ޖެހޭ
ފެނަކައިން އެސްޓީއޯއަށް 1.9 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އެބައޮތް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ، އޭނާ މަގާމާ ހަވާލުވިއިރު ފެނަކައިން ދެ ބިލިއަން ރުފިޔާއާ ގާތް ކުިރާ އަދަދެއްގެ ތެލަށް ފެނަކައިން ފައިސާ ނުދައްކައި އޮތް ކަމަށެވެ. 

ޝިމާދު ވިދާޅުވީ އެސްޓީއޯއިން ފެނަކައަށް ތެޔޮ ވިއްކަމުން އަންނަނީ ހާއްސަ ރޭޓެއްގައި ކަމަށާއި، އެހެންކަމުން އެ ފައިސާ ނުދެއްކޭނެ ސަބަބެއް ވެސް ނެތް ކަަމަށެވެ. ނަމަވެސް 2021 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އެސްޓީއޯއަށް ލިބެން ޖެހޭ އެއްވެސް ފައިސާއެއް ދައްކަމުން ގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ފެނަކައިން ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އެކަމުގެ ދަތިތައް އެސްޓީއޯއަށް ކުރިމަތިވަމުންދާ ކަމަށް ޝިމާދު ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރު އައުމާއެކު ފެނަކަގެ އާ މެނޭޖްމެންޓުން ކުރީގައި ހުރި ދަރަނިތައް އެއްކޮށް ނުދެއްކުނު ނަމަވެސް، ފަހުން ހޯދާ ތެލަށް ފައިސާ ދައްކަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވި ގޮތުގައި އެސްޓީއޯއަށް އޮތް ހަމައެެކަނި މާލީ ދައްޗަކީ ފެނަކައިގެ ދަރަނި ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް