ads
މަޓާޓޯއިން އިންޑިއާގެ ސަފީރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މަޓާޓޯ
މަޓާޓޯއިން އިންޑިއާގެ ސަފީރާ ބައްދަލުކޮށްފި
އިންޑިއާ ފަތުރުވެރިން ރާއްޖެ ގެނައުމާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގައި ހުންނަވާ އިިންޑިއާ ސަފީރު މުނޫ މަހާވަރާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެެ.

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާ ގުޅޭގޮތުން މަޝަވަރާކުރުމަށް އިންޑިއާ ހައި ކޮމިޝަންގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމާ ގުޅޭގޮތުން މަޓޯޓާއިން ބުނީ، އިންޑިއާގެ އެކި ސިޓީތަކުގައި ރޯޑްޝޯތައް ބޭއްވުމާއި އިންޑިއާގެ މީޑިއާތަކުގެ ނޫސްވެރިން ރާއްޖެ ގެނައުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމު ކަމަށްވާ އިންޑިއާ މިހާރު އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ހަވަނައިގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އެކަމަށް ރައްދު ދިނުމާއި ގުޅިގެން ރާއްޖެއާއި އިންޑިއާގެ ދެމެދުގައި މަސްލަހަތު ގޯސްވެފައިވެ އެވެ.

އެ ކެމްޕެއިން ފަށާފައިވަނީ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގަ އެވެ. އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ހަފްތާގައި ލަކްޝަދީބަށް ވަޑައިގެން އެތަނުގެ ރީތީ ކަމާއި ހިތްގައިމުކަމަށް ތައުރީފު ކުރައްވައި އެކްސްގައި ފޮޓޯތަކެއް އާންމުކުރެއްވި އެވެ.

އެއާއެކު އިންޑިއާގެ ބައެއް ފަރާތްތަކުން ވަނީ، ދެން އަލުން ރާއްޖެ ބޭނުން ނުވާ ކަމުގެ އިޝާރާތެއް އިންޑިއާއިން ދީފި ކަމުގައި ބުނެ މީސް މީޑިއާގައި ވާހަކަ ދައްކާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީން ބުނެފައި ވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް