ads
ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފައިސަލް ވިދާޅުވީ މިއީ ލާމަށް ލިބޭނެ އެންމެ ފަހި ފުރުސަތު ކަމަށް
މިހާރު މިއޮތްވަރުގެ ތަރައްގީގެ ފަހި ފުރުސަތެއް ދެން ލ. އަތޮޅަށް ނުލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ލ. އިސްދޫއަށް ވަޑައިގެން އިސްދޫ އާއި ކަލައިދޫ އަދި މާބައިދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވުމުގެ ތެރެއިން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ފަހި ފުރުސަތު ނަގާލައިފިނަމަ މުޅި އަތޮޅު ފަހުން ހިތާމަ ކުރާނެ ކަމަށެވެ.

ފައިސަލް ވިދާޅުުވި ގޮތުގައި ލ. އަތޮޅަށް ބޭނުންވާ ތަރައްގީ ހާސިލް ކުރެވޭނީ ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދޭނެ މެންބަރުން މަޖިލިހަށް ހޮވައިގެން ކަމުގަ އެވެ.

އެގޮތުން ރައީސްގެ ސިޔާސަތުތަކުގައިވާ ތަރައްގީ ގެނައުމަށް 500 އަށްވުރެ ގިނަ ގާނޫނު ހަދަން ޖެހޭކަމަށާއި، އެހެންކަމުން ތަރައްގީ ގެނައުމަށް ލ. އަތޮޅުގެ ހަތަރު ދާއިރާގެ މަޖިލިސް ގޮނޑި، ކޮންމެހެން ވެސް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީއަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަޑު ގޮވާލަނީ މި ދާއިރާ ހިމެނޭ ގޮތުން މި އަތޮޅުގެ ހަތަރު ގޮނޑި ސަރުކާރު ޕާޓީ، ކޮންގްރެސް އަށް ހޯދައިދޭން؛" މިނިސްޓަރު ވިދާޅުވި އެވެ.

ލ. އަތޮޅުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ކައްދޫ އެއާޕޯޓް އިންޓަނޭޝަނޭނަލް ކުރުމާއި އެކަމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިފައި ވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ގާދޫ ޕޯޓްގެ ޕްރޮޖެކްޓް ވެސް ކުރިއަށްދާނެ ކަމަށާއި، އޭގެ އޭގެ ސަބަބުން އަތޮޅުގައި ޓޫރިޒަމް ތަރައްގީ ވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ވަރަށް ގިނަ ކަންކަން މިއަދު ރައީސްއާ ހިއްސާކޮށްފައި ވާ ކަމަށާއި، ލ. އަތޮޅަށް ޓޫރިޒަމް ގެނެވޭނެ މަސައްކަތް ވެސް މިހާރު ފެށިފައިވާ ކަމަށެވެ.

"އެހެންވީމާ މި ދަންނަވަނީ މިހާރު މިއޮތް ވަރުގެ ފަހި ފުރުސަތެއް ދެން ލާމަށް ނުލިބޭނެ މި ފަހި ފުރުސަތު ނަގާލައިފިނަމަ މުޅި ލ. އަތޮޅު ފަހުން ހިތާމަ ކުރާނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް