ads
ކައްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ބިން ހިއްކަން ޗައިނާ ކުންފުންޏާއެކު ސޮއި ކުރަނީ
ކައްދޫ އެއާޕޯޓު ތަރައްގީކޮށް، ގާދޫ ހިމާޔަތް ކުރަން ހަވާލުކޮށްފި
ކައްދޫ އެއާޕޯޓް ކުންފުނީގެ ދަށުން ހިންގަމުން ދިޔަ، ލ. ކައްދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ
Advertisement

ރައީސް ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލުކުރި ޗައިނާގެ ސީއޭއެމްސީ އިންޖިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއި ކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ލީ ވޭ ވޭއެވެ.

މި ހަފުލާގައި ވާހަކަ ދައްކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައްދޫ އެއާޕޯޓް މިހާރު އޮތް ކުންފުނީގެ ދަށުގައި އޮތުމުން މި އެއާޕޯޓް ތަރައްގީ ކުރަން ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށަށް ބަދަލުކޮށް އެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. މި އެއާޕޯޓް ނިމިގެންދާއިރު މިތަނުގައި ސިފައިންގެ ވަސީލަތްތަކެއް ވެސް ހުންނާނެ ކަމަށެވެ.

"އެއަރޕޯޓް ކުރިއަށް ގެންދަން ބަލާއިރު އެއަރޕޯޓުގެ ކުންފުންޏެއް ކައްދޫ އެއަރޕޯޓް ޑިވަލޮޕްމަންޓް ކޮމްޕެނީއެއް އެބައޮތް އެހެންނަމަވެސް އެ ކުންފުންޏަކަށް އެ މަޝްރޫއު ކުރިއަކަށް ނުގެންދެވޭނެ ވަރަށް ގިނަ ސަބަބުތައް ހުރީމަ، އަޅުގަނޑު މިހާރު ވާނީ ކައްދޫ އެއަރޕޯޓް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާ ހަވާލުވެސް ކޮށްފައި. ކައްދޫގައި ވަރުގަދަ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދިގެންދާއިރު އެމްއެންޑީއެފްގެ ފެސިލިޓީ ވެސް އެތަނުގައި ހުންނާނެ. އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާނީ އެންމެ ރަނގަޅަށް ރާވައިގެން" ރައީސް ވިދާޅުވި އެވެ.

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޑޮމެސްޓިކް އެއާޕޯޓުތަކުން އެއާޕޯޓެކެވެ. އެ އެއާޕޯޓަށް ގިނައިން ދަތުރުކުރަނީ ލާމުގައި އޮންނަ ރިސޯޓުތަކަށް ދާ ފަތުރުވެރިންނެވެ.

ލ.ކައްދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.

ގާދޫއަކީ މިހާރު ވެސް ހިމާޔަތްކޮށްފައި އޮންނަ ރަށެކެވެ. އެ ރަށުގައި ބަނދަރު އެޅުމަށް ސަރުކާރުން ނިންމުމުން، ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން އެ ކަމާވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ މި މަޝްރޫއު ކުރިޔަށްގެންދާއިރު، ގާދޫގެ 80 އިންސައްތައިގައި އަތްނުލާނެ ކަމަށާއި، އެ ރަށް ހިމާޔަތް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް