އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީގެ މަގާމް އަދާކޮށްފައިވާ ހޯރަ އިއްބެ ނިޔާވީ މިއަދު އައިޖީއެމްއެޗްގަ އެވެ.
ކުޅަދާނެ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ހޯރަ އިއްބެ، އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެ ޕާޓީގެ ހަރަކާތްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވި އެވެ. އެ ޕާޓީން އޭރު ބޭއްވި ގިނަ ޖަލްސާތައް ހުށަހަޅުއްވައިދެއްވީ ވެސް އޭނާ އެވެ.
ހޯރަ އިއްބެއަކީ އެމްޑީޕީގެ ޖަލްސާތައް ކުރިން ހުށަހަޅައިދެއްވި ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ.