ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވަނީ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ރީޖަނަލް އެއަރޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
ހަނިމާދޫން އިންޑިއާއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުންނެވެ.
މިދިޔަ ސަރުކާރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރަން ފެށި މަޝްރޫއަކީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫއުއެކެވެ. މި މަސައްކަތުގެ ދަށުން އެއާޕޯޓްގެ ރަންވޭން ބައެއް ހުޅުވާ މިދިޔަ ފެބްރުއަރީމަހު ވަނީ ބޭނުންކުރަން ފަށާފައެވެ.
މޯލްޑިވިއަނުން ބުނީ ހަނިމާދޫ އާއި ޓްރިވެންޑްރަމްއާ ދެމެދު ހަފްތާއަކު 2 ފްލައިޓް ބާއްވާނެކަމަށެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހުކުރު ދުވަހަކާއި ހޯމަ ދުވަހުއެވެ.
ދަތުރުތައް އޮންނަ ގަޑިތައް
- ރާއްޖެއިން ފުރުން މެންދުރު 13:15 އަދި ހަވީރު 16:00
- ރާއްޖެއަށް އައުމުން މެންދުރު 15:00 އަި ހަވީރު 04:45
ހަނިމާދޫއިން ޓްރިވެންޑްރަމަށް އަލުން ހިދުމަތް ފެށުމަކީ ރާއްޖެއާއި ދެކުނު އިންޑިއާއާ ދެމެދު މެދުކެނޑުމެއް ނެތި ގުޅުން ބަދަހިކުރަން ބޭނުންވާ ދިވެހިންނާއި ދަތުރުވެރިންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ހަނިމާދޫން އިންޑިއާއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލީ ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުންނެވެ.
އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައްވެސް ޖެއްސޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.