ads
އަބްދުއްރަހީމާއި މަލީހް ޖަމާލް
ހޮވަންނުވާ ލިސްޓުގެ އެއްވަނާގައި އޮތީ އަބްދުއްރަހީމް: މަލީހް
މަޖިލީހަށް ހޮވަން ނުވާ މެމްބަރުންގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަން ވީ އަބްދުއްރަހީމް އަބްދުﷲ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކެރެޓަރީ ޖެނަރަލް މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒުގެ ހާއްސަ މުޝީރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަންނަ މަޖލީހުގައި ވާދަކުރައްވަނީ ފޮނަދޫ ދާއިރާއަށެވެ. އެ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ އަބްދުއްރަހީމް އޭނާގެ ކެމްޕއިން ޖަލްސާއެއްގައި ދާދި ފަހުން ވިދާޅުވީ ރައްޔިތުން މަޖިލީހަށް އެއްްގޮތަކަށްވެސް ހޮވަން ހެޔޮނުވާވަރުގެ 20 މެމްބަރުން މި އިންތިހާބުގައި ވާދަކުރާކަމަށެވެ. 

މިވާހަތަކަށް ރައްދުދެއްވަމުން ޕީއެންއެފްގެ ވަގުތީ ސެކެރެޓަރީ ޖެނަރަލް މަލީހް ޖަމާލު ވިދާޅުވީ މަޖްލީހުގެ ބަސްމަގު ރީތި ތަނަކަށް ހަދަން ބޭނުންނަމަ އަބްދުއްރަހީމް ކޮންމެހެންވެސް މަޖލީހަށް ނުހޮވާ ކަޓުވާލަން ޖެހޭކަމަށެވެ. އަދި އަބްދުއްރަހީމް ނެތަސް ހައްދުންމަތި ތަރައްގީވާނެކަމަށެވެ.

" އޭނާގެ ދުލަކީ ރާއްޖެގައި އޮތް އެންމެ ނުތާހިރު ދޫ. މަޖިލިހަކީ ބަސްމަގު ރީތި އަދަބު އަޚްލާޤުމަތީ އޮންނަ ތަނަކަށް ހަދަން ބޭނުންނަމަ އަދުރޭ ކޮންމެހެންވެސް ކަޓުވާލަން ޖެހޭ. އަދުރޭ ނެތަސް ލާމު ތަރައްޤީ ވާނެ.: މަލީހް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވަޑައިގެން ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމަށް ވަރަށް ތައުރީފުކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ސިޔާސި ސިޔާސީ ގޮތުން އެމަނިކުފާނު އެންމެ ފަހުވެރިވާ ބޭފުޅަކީ އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ކަމަށް ވިދާޅުވި އެވެ. 

އަދި މަޖިލިސް މެންބަރެއްގެ ގައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއްގެ އިތުރުން ރައްޔިތުންނަށް އޯގާތެރިކަމާއެކީގައި ހިދުމަތް ކުރުމާއި އިހްލާސްތެރިކަން ހުރި ހަމައެކަނި މެމްބަރަކީ އަބްދުއްރަހީމްކަން ރައީސް މުއިއްޒު ވަނީ ސިފަކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް