ތިން ރަށެއްގެ މަގުހަދަން ބޭނުންވާ ސާމާނު ފޮނުވައިފި
އަލީ މިދުހަތު
13 އޭޕްރީލް 2024 - 12:00:07
ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް 3 ރަށަކަށް ބޭނުންވާ ސާމާނު ފޮނުވައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީންގެ ބެލުމުގެ ދަށުން ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް ސާމާނު ފޮނުވި ރަށްތަކަކީ:
1. ނ. މަނަދޫ
- 75.7 މިލިއަން ރުފިޔާގެ އަގުހުރި ނ. މަނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެވެ.
2. ނ. ކެނދިކުޅުދޫ
- ނ. ކެނދިކުޅުދޫ މަގުތައް ހެދުމުގެ މަޝްރޫއުގައި ރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްގީކުރާނެ އެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. މިއީ 90.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
3. ރ. އަލިއްފުށި
- 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރާ، ރ. އަލިފުށީގެ މަގުހެދުމުގެ މަޝްރޫއު ފެށުމަށްވެސް އާރް.ޑީ.ސީން ވަނީ ތައްޔާރުވެފަ އެވެ. މި މަޝްރޫއުގެ ދަށުން އަލިފުށީގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގައިވެސް މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުތަކުގައި މަގުބައްތިޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.
އާރް.ޑީ.ސީން ބުނީ މި 3 ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އަދި މަސައްކަތު ސައިޓް ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް