ކޮވިޑް ދުވަސްވަރު އެސްޑީއެފްސީ އިން ނަގާފައިވާ ލޯނުތަކާއި އެޗްޑީއެފްސީ އިން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓް މައާފުކޮށްދޭން ނިންމިކަން ރައީސް ޑރ މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
ރައީސް މުއިއްޒު މި ނިންމެވުމުގެ ކުރިން މި ފައިސާ މައާފުކޮށްދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެމަނިކުފާނުގެ ވެރިކަމުގައި ނިންމަވާ ފިނޭންސް މިނިސްޓްރީއަށް އޮތީ އަންގަވާއެވެ. އެގޮތުން ލޯންތަކުގެ އިންޓަރެސްޓަސް އެރި 23 މިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ނިންމާ އެކަން ކުރިޔަށް ގެންދިޔުމަށް މިދިޔަ ވެރިކަމުގައި ރައީސް ސާލިހް އޮތީ ނިންމަވާފައެވެ.
ލޯންތަކުގެ އިންޓަރެސްޓް ކަނޑާލަން ނިންމުމުން އެކަމާއި ގުޅިގެން އެސްޑީއެފްސީން ބުނީ އީދު ބަންދަށްފަހު މި ލުޔަށް އެދުމުގެ ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި ލޯނުގެ އިންޓަރެސްޓް މައާފު ކުރުމުން އަންނަ ބަދަލުތައް ޕޯޓަލުން އެނގޭނެކަމަސްވެސް އެސްޑީއެފްސީން ބުނެއެވެ.
އެސްޑީއެފްސީން ބުނީ މި ލޯންތައް އެއްކޮށް ދައްކާ ހަލާސްކޮށްފައިވާ ފަރާތްތަަކަށް އިންޓަރެސްޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ލިބޭނެކަމަށެވެ.