2016 ވަނަ އަހަރު ބްރެޒިލްގައި އޮތް އޮލިމްޕިކްސްގެ ރަން މެޑަލް ހޯދި، ކިޕްޗޯގާއެކު ކެންޔާގެ އިތުރު ހަތަރު އެތްލީޓަކުވަނީ އޮލިމްޕިކްސްގެ މެރަތަންގައި ކެންޔާގެ ޓީމުގައި ހިމެނުމަށް މިދިޔަ ހަފްތާގައި ޝޯޓް ލިސްޓް ކުރެވިފައެވެ. މީގެ ތެރޭގައި ދެ ފަހަރު ބޮސްޓަން މެރަތަންގެ އެއްވަނަ ހޯދި ދުވުންތެރިޔަކުވެސް ހިމެނެއެވެ.
ޕެރިސްގައި ރަން މެޑަލް ހޯދަން އަޒުމް ކަނޑައަޅައިގެން ހުރި ކިޕްޗޯގެ އުމުރަކީ 39 އަހަރެވެ. މިއީ އޭނާގެ ފަހު އޮލިމްޕިކްސްއަށް ވެދާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ކިޕްޗީޖުވަނީ ދެ ގަޑިއިރު ހަމަ ވުމުގެ ކުރިން މެރަތަންއެއް ނިންމި އެންމެ ފުރަތަަމަ މީހާގެ ރެކޯޑް ހަދާފައެވެ.