ads
ފެން ވަންނަ ގޭގޭގައި ވެލި ބަސްތާ ޖަހާދިނުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން މަސައްކަތް ކުރަނީ
ފެން ވަދެގެން 57 ގެއަކުން ރިޕޯޓް ލިބިއްޖެ: އެންޑީއެމްއޭ
މިއަދު މާލެއަށް ބޯކޮށް ވާރޭވެހި 57 ގެއަކަށް ފެން ވަންނާތީ ރިޕޯޓްކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމް) އިން ބުނެފިއެވެ.

މިއަދު ހެނދުނު ފެށިގެން މާލެއަށް އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި އަސުރުގެ ފަހުން ވިދާ ގުގުރުމާއި އެކު މާލެއަށް އަންނަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ.

ހުއްޓާ ނުލާ ވަރަށް ބޯކޮށް ވާރޭ ވެހުމުން މާލޭގެ ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފަައެވެ. އަދި ބައެއް ސަރަހައްދުތަކުގައި ވަރަށް ފެންބޮޑުވެ ގެތަކަށް ފެނުގެ އަސަރު އަންނަނީ ކުރަމުންނެވެ.

your imageފެން ބޮޑުވެފައިވާ ހިސާބުތަކުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ

އެންޑީއެމްއޭއިން ބުނީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާތީ އެކަމަށް އިޖާބަ ދިނުމުގެ މަސައްކަތް ކަމާއިގުޅޭ އިދާރާތަކާއި ގުޅިގެންކުރަމުން އަންނަކަމަށެެވެ. މިހާތަނަށް 57 ތަނަކުން ރިޕޯޓުކޮށްފައިވާކަމަށާއި މި ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކަމާއިގުޅޭ އިދާރާތަކާއި ގުޅިގެން ކުރަމުންދާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. 

your imageމާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ 

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާއި ބެހޭ އިދާރާއިން ވަނީ  ހއ. އަތޮޅުން ފެށިގެން ފ.އަތޮޅާ ހިސާބަށް ރީނދޫ އެލާޓް ނެރެފައެވެ. އެ އިދާރާއިން ބުނީ ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ. 

މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައިވެސް ރާއްޖެއަށް ބޯކޮށް ވާރޭވެހި މާލެއާއި ބައެއް ރަށުގައި ވަނީ އާއްމުންގެ މުދަލާއި އިމާރާތްތަކަށް ގެއްލުންވެފައެވެ. މާލޭ ގިނަ ގެތަކަށް ފެންވަދެ ބައެއް އާއިލާތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް