ads
ފެންބޮޑުވުމުގެ ސަބަބުން ނަޖިސްލީކުވެ މީހުން ބަދަލުކުރަން ޖެހުނު އިމާރާތްތައް
ފެންބޮޑުވެ ނަޖިސް ލީކުވެ 5 ގެއަކުން މީހުން ބަދަލުކުރަނީ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ 5 ގެއަކުން ނަޖިސް ބޭރުވެ މީހުން ބަދަލުކުރަން ޖެހިއްޖެއެވެ.
Advertisement

ނޭޝަނަލް ޑިޒާސްޓަރ މޭޭނޭޖްމަންޓް އޮތޯރިޓީން ބުނީ މާލެއަސް މިއަދު ކުރި ވިއްސާރަގައި ފެންބޮޑުވުމުގެ މީހުން އުޅެން ދަތިވި 9 ގެއެއް ފާހަގަކުރެވިފައިވާކަމަށެވެ. މީގެތެރެއިން 5 ގެއަކުން 34 މީހަކު ވަގުތީ ހިޔާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އަދި އެ 5 ގޭގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ބޭރުވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. 

މި އާއިލާތަކަށް ވަގުތީބޯހިޔާވަހިކަމާއެކު ކެއިންބުއިންވެސް ހަމަޖައްސައިދޭނެކަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އަދި މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް މިދަނީ ހަމަޖައްސަމުންދާކަމަށްވެސް އެ އިދާރާއިން ބުނެއެވެ. 

your imageފެން ވަންނަ ގެތަކުގައި ވެލިބަސްތާތައް ޖެހުމުގައި 

އެންޑީއެމްއޭއިން ބުނީ މާލޭގައި ފެންބޮޑުވެގެން 85 ތަނަކުން ރިޕޯޓްކޮށްފައިވާކަމަށާއި އޭގެތެރެއިން މީހުން އުޅެން ދަތިވެފައިވާ ތަންތަނުގެ ރެފިޑް އެސެސްމެންޓް ހަދަމުން އަންނަކަމަށެވެ.

ރެޑްްކްރެސެންޓްގެ އެހީތެރިކަމާއިއެކު މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ވަނީ ޖަހާފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. 

your imageމިއަދު ކުރި ވިއްސާރާގައި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައިވެސް ވަނީ ފެންބޮޑުވެފައި 

މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ހާލަތުވެސް ބަލަމުން އަންނަކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި މިހާތަނަށް  ށ. ފީވަކުގެ 20 ގެ އަކަށާއި ށ. ފޯކައިދޫ 3 ގެއަކަށް ފެން ވަދެފައިވާ ކަމުގެ ރިޕޯޓު ވަނީ ލިބިފައިވާކަމަށާއި ކައުންސިލްތަކައި ގުޅިގެން މަސައްކަތް ކުރަމުން އަންކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. 

your imageފުލުހުންގެ އިލްތިމާސް 

މާލޭގެ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، މަގުތަކަށް ކުނި ނުނެރުމަށާއި، ބަރު އުޅަނދުތަކާއި ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުކުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް