ads
އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއާ ގެމަނަފުއްޓަށް
އިއްޔެ ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލޭ ސަރަހައްދަށްކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އިއްޔެ ކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭވެހިފައި ވެއެވެ. ދެން މާލޭ ސަރަހައްދުން އެންމެ ބޯކޮށް ވެހުނީ ވެރިރަށް މާލެއަށެވެ. މާލެއަށް 100.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. 

މުޅީ ރާއްޖެއަށް ކުރި ވިއްސާރާގައި ގއ. ގެމަނަފުއްޓަށްވެސް ވަނީ 100.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެންމެ ދެކުނުން އައްޑޫ ސިޓީއަށް 52.5 މިލިމީޓަރުގެ ވާރޭވެހުނުއިރު ފުވައްމުލައް ސިޓީއަށް 86 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން މެޓް އޮފީހުގެ ހިސާބުތަކުން ދައްކައެވެ. މެދު ރާއްޖެތެރެއިން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އއ. ތޮއްޑޫއަށެވެ. އެރަށަށް 81 މިލިމީޓަރުގެ ވާރޭވެހުނުކަމަށް މެޓް އޮފީހުން ބުނެއެވެ.

your imageމެޓް އޮފީހުގެ ހިސާބުތައް 

އިއްޔެ ކުރީ ވިއްސާރާގައި މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ފެން ބޮޑުވެ ގެތަކަށް ފެންވަދެ ބައެއް ކަހަލަ ގެއްލުންތައް ވަނީ ލިބިފައެވެ.

މާލޭގެ 5 ގެއެއްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ބޭރުވުމުން އެގޭތަކުން މީހުންވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. މީގެއިތުރުން  ށ. ފީވަކުގެ 20 ގެ އަކަށާއި ށ. ފޯކައިދޫ 3 ގެއަކަށް ފެން ވަދެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިއްޔެ ވަނީ ބުނެފައެވެ. 

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރާ ވިއްސާރަކުރާނެކަމަށެވެ. އަދި މެދު ރާއްޖެތެރޭއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް