ފ.ނިލަންދޫގެ މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ހަލީލް ވަނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑަށް އިސްކަން ދެއްވާ މަސައްކަތްޕުޅަކީ ފަރުވާ ދިނުމުގެ އިތުރުން ފަރުވާގެ ކުރިން ސަމާލުވާންޖެހޭ ކަންތައްތަށް ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމް ރާއްޖޭގައި ވަރުގަދަ ކުރުން މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު ވަނީ އަލި އަޅުއްވާލާފަ އެވެ.
ފ އަތޮޅަކީ މިހާރު ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމުގެ ދަށުން ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ އެހީތެރިކަމާއި އެކު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ އަތޮޅެއްކަމަށް ހަލީލް ވިދާޅުވިއެވެ. އަދި އެ ނިޒާމް ފުޅާކުރައްވަމުން ގެންދަވަނީ އެ މަނިކުފާނުގެ ހާއްސަ އިރުޝާދުގެ ދަށުން ކަމަށްވެސް ހަލީލް ފާހަގަކުރެއްވި އެވެ. އަދި އެ ހިދުމަތް ފުޅާކުރަން 5 އަތޮޅެއް ހިމަނާ ރައީސް އޮފީހަށް ފޮނުވުމުން ރައީސް މުއިއްޒު ވަނީ 10 އަތޮޅުގައި ހިދުމަތް ފުޅާކުރައްވަން ނިންމަވާފައިކަމަށް ޑރ. ހަލީލް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެ މަޝްރޫއުގެ 2 ވަނަ މަރުހަލާގެ މަސައްކަތް ވާނީ ފުވައްމުލަކުގައި ފަށާފައިކަަމަށް ފާހަގކޮށްފައެވެ. އަދި ބައްޔެއް ޖެހުމުގެ ކުރިން މީހެއްގެ ހަށިިގަނޑުގައި ހުރި އަލާމާތްތައް ދެނެ ގަނެވެއްޖެ ނަަމަ ބޮޑެތި ބަލިތައް ކުރިމަތިވުމުގައި ހުންނަ ކަންކަން ދުރާލާ ބެލޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ކެންސަރު ބައްޔާއި ތަފާތު އެކި އެތެރެހަށީގެ ބަލިތަށް އަދި ބަލި ޖެހުމުގައި ދިމާވާ އެމީހަކަށް ކުރިމަތިވާ އަލާމާތްތައް އެނގޭ ހިސާބުން ފެށިގެން ކުރިއާލާ ފަރުވާދެވެން ފެށޭނެކަަމަށް ހަލީލު ވިދާޅުވި އެވެ. އަދި މީހާއަށް ފަރުވާދީ ފުރާނަ ސަލާމަތަކުރަން ވަގުތުތަކެއް ލިބިގެން ދާނެކަމަށް ހަލީލު ވިދާޅުވި އެވެ.
ގައިން ގައިން ނާރާ ބަލިތަށް ނޫނީ އެންސީޑީސް (ނޮން ކޮމިއުނިކަބަލް ޑިޒީސަސް) ގެ މައުލޫއަށް އަލި އަލުއްވާލަމުން މިނިސްތަރު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމްގެ ބުރަދަނުގެ ހޭދައިގެ ގާތްގަނޑަކަށް 85 އިންސައްތައަކީ އެންސީޑީސް އަށް ކުރަން ޖެހޭ ހޭދަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ސިއްހީ ގޮތުން އެންމެ ބޮޑު ތަކުލީފެއް ކުރިމަތިވަނީ އެންސީޑީސްގެ ސަބަބުން ކަަމަށެވެ. އަދި އެންސީޑީޒް ނައްތާލެވޭނީ ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމް ވަރުގަދަކުރެވުމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމް ވަރުގަދަކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމެކެވެ.