ads
ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ހޯރަފުށީ ކައުންސިލުން ދަނީ އެމްޑީޕީއަށް ކެމްޕެއިން ކޮށްދެމުން: ޕީއެންސީ
ހޯރަފުށީ ކައުންސިލުން ގެންދަނީ އިދިކޮޅު އެމްޑީޕީންގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެމުންކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފި އެވެ.
Advertisement

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުސިލުން ގެންދަނީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަށް އެންޓި ކެމްޕެއިން ކުރުމުންކަމަށެވެ. އަދި ކައުންސިލްގެ ހުރިހާ ވަސީލަތްތައް އެކަމުގައި ބޭނުންކުރަމުން ދާކަމަށްވެސް ޕީއެންސީން ބުނެއެވެ. 

"ކައުންސިލްގެ މުވައްޒަފުން ކެމްޕެއިންގައި ބޭނުންކުރުމާއި ތަނުގައި ހުރި ވެހިކަލްތަކާއި ޕްރިންޓަރާ ކަރުދަހާއި އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރަމުން އެބަދޭ. ރަސްމީ ގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓަށް ކެމްޕެއިން ކުރަމުން." ޕީއެންސީން ނެރުނު ބަޔާނުގައިވެ އެވެ.

އިންތިހާބާއި ދިމާކޮށް ހޯރަފުށީ ކައުންސިލުން ގޯތި ދިނުމާއި މިހާރު ކައުންސިލުން ބިން ދޫކޮށްފައިވާ ފަރާތްތަކުގެ ބިން ބޮޑުކޮށްދޭނެ ކަމަށް ބުނަމުން އަންނަކަމަށްވެސް ޕީއެންސީން ބުނެ އެވެ. އަދި މީ ކަނޑައެޅިގެން އިންތިހާނުތަކާއި ބެހޭ ގާނޫނާއި ހިލާފުކަމެއްކަމަށްވެސް އެޕާޓީން ނެރުނު ބަޔާނުގައިވެ އެވެ. 

"އެހެންކަމުން ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް މި ކޯލިޝަނުން ހޯރަފުށީ ކައުންސިލް މެމްބަރުންނަށް ގޮވާލަން." ޕީއެންސީ ބުނެ އެވެ.

ޕީއެންސީން ވަނީ ހޯރަފުށި ކައުންސިލުން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް ބުނެ އެ މައްސަލަ ބަލާދިނުމަށްވެސް ގޮވާލާފަ އެވެ. 

ޕީއެންސީން މިފަދަ ބަޔާނެތް ނެރުނުއިރު، މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވަޒީފާގެ ބިރު ދައްކަމުންދާތީ އެކަން ބެލުމަށް އިދިކޮޅު އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ. 

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާދާއިރާއެއްގައި ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކަށް އޮފީސްތަކަށް މުވައްޒަފުން ނެގުންވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުން ކަމަށެވެ.

ސަރުކާރުން ހިންގާ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެމްޑީޕީން ބުނީ މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި އެގޮތަށް ވާހަކަ ދައްކާފައިވާތީ، އެ މައްސަލަ ސީރިއަސްކޮށް ބަލައިދޭން އީސީއަށް ގޮވާލާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް