ads
ވާރޭވެހި މާލޭގެ މަގެއްގައި ފެންބޮޑުވެފައި - ފޮޓޯ: މޯލްޑިވްސް ފިނޭންޝިއަލް ރިވިއު
މޫސުމް ގޯސް، މާލެ ހިމެނޭހެން މެދު ރާއްޖެތެރެއަށް ޔެލޯ އެލާޓް
މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި މޫސުން ގޯސްވެދާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އއ. އަތޮޅުގެ ރަށްތަކަށެވެ. އެލާޓު ނެރެފައި ވަނީ މިރޭގެ 21:15 އިން ފެށިގެން 00:30 ހަމައަށެވެ.

މެޓުން އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ. 

އިއްޔެ މާލެއަށް ކުރި ވިއްސާރާގައި ފެންބޮޑުވެ ދިރިއުޅެން ދަތިވެގެން 06 ގެއެއްގެ ޖުމްލަ 42 މީހުންނަށް ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނީ އިއްޔެ ވިއްސާރާގައި މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންވަދެގެން ޖުމްލަ 132 ތަނަކުން ރިޕޯޓު ކޮށްގެން 122 ތަނަކަށް އެޓެންޑްވެފައިވާކަމަށެވެ. 

އަތޮޅު ތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ 03 ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އަދި ތ. ހިރިލަންދޫ އާއި ތ. ވަންދޫއަށް ބޯކޮށް ވާރޭވެހި  ފެންބޮޑުވެގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައިވާކަމަށާއި ތ. ވަންދޫގެ 01 ގެއަކަށް ގެއްލުން ލިބިފައިވާކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް