ads
ކެނދިކުޅުދޫ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކެނދިކުޅުދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި
ނ. ކެނދިކުޅޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ އިގްތިސާދީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު ބައިވެރިވެޑައިގަތެވެ. 

ކެނދިކުޅުދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން 3.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި މަގުތަކުގައި ބައްތި ޖެހުން ހިމެނޭކަމަށްވެސް އާރުޑީސީން ބުނެއެވެ. 

540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 90.89 މިލިއަން ރުފިޔާއަށެވެ. 

އާރުޑީސީން ބުނީ މި ސަރުކާރު ހަވާލުވިއިރު 17 މަޝްރޫއެއް ހުއްޓިފައި އޮތްކަމަށެވެ. އެހެންނަމަވެސް މި މަޝްރޫއުތައް ފަށާ މިހާރު ޖުމްލަ 26 ރަށެއްގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި 15 ރަށެއްގެ މަސައްކަތް އޮތީ އީއައިއޭ މަރުހަލާގައިކަމަށްވެސް އާރުޑީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް