ads
ކުޅުދުއްފުށި އެއާޕޯޓުގެ ޓާމިނަލް----
ވެރިކަމާއި ހަވާލުވިއިރު އެއާޕޯޓްތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް: މުބީން
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އަތޮޅުތަކުގައި ހުރި އެއާޕޯޓްތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ، އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ، އެތަންތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވަ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން، އެންމެ ބޮޑު ބަދަލެއް ގެންނަން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އެއާޕޯޓަށް ކަމަަށް މުބީން ވިދާޅުވި އެވެ. އެގޮތުން ޒަމާނީ ބަދަލުތަކާއެކު އާ ޓާމިނަލެއް އެޅުމުގެ މާސްޓަ ޕްލޭން މިހާރު އެކުލަވާލާފައިވާކަމަށާއި، އެ މަޝްރޫއު ބީލަމަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"މިހާރުގެ ޓާމިނަލްއިން ހިދުމަތް މުޅިން ހުއްޓާލާނަން. މިއީ 50 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް، އެންމެ ޒަމާނީ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާނީ." ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލްއާ ބެހޭގޮތުން މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވި އާ ޓާމިނަލްގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދު އިތުރުކުރުކޮށް ލަގެޖު ބެލްޓްވެސް ހިމަނާނެކަމަށެވެ. އަދި ފީޑިން ރޫމް، ނަމާދު ކޮޓަރި، ވީއަޕީ ލައުންޖް، ފިހާރަ، ރެސްޓޯރަންޓް އަދި މެޑިކަލް ރޫމް ވެސް އެތަނުގައި ހިމެނޭނެ ކަމުގައި އޭނާ ފާހަަކުރެއްވި އެވެ.

މީގެއިތުރުން އެއާޕޯޓް ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށް ލުޔެއްލިބޭނެގޮތް ހޯދައިދީ، ވެހިކަލް އައިސް ވާރޭގައި ނުޖެހި ޓާމިނަލްއަށް ކައިރިކޮށް މީހުން ބޭލޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ވެސް މުބީން ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީ އެއަޕޯޓު ހުޅުވާފައިވަނީ 2018 ވަނަ އަހަރު، އޭރުގެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް