ads
ދިރާގު ހެޑް އޮފީސް - ޓްވިޓަރ
ދިރާގުޕޭ އަށް އިތުރު ޑިސްކައުންޓްތަކެއް
ކޮވިޑް-19 ގެ ސަބަބަން ދިރާގުގެ ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް ލުއި ހޯދާ ދިނުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދިރާގުޕޭ އަށް އިތުރު ޑިސްކައުންޓްތަކަކާއި ކޭޝް ބެކް އޮފާތަކެއް އެކުންފުނިން ތައާރަފްކޮށްފިއެވެ.
Advertisement

އެގޮތުން، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަލަކަށް އޭޕްރިލް އެކަކުން ފެށީގެން ޖޫން 30 ވަނަ ދުވަހަށް 20 އިންސައްތަ ބޯނަސް ކްރެޑިޓް ހިލޭ ލިބިގެންދާނެ ކަމަށް ދިރޭގުންބުނެއެވެ. އަށް ރުފިޔާ އާއި 500 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ދިރާގު ޕޭ މެދުވެރިކޮށް ރިލޯޑް ކުރެވޭނެއެވެ.

މީގެ އިތުރުން އެ މުއްދަތުގައި ދިރާގު ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑް ބޭންޑް އަދި ދިރާގު ޓީވީ ކަސްޓަމަރުން ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ޖެހިގެނެ އަންނަ މަހުގެ މަހު ފީ އިން ފަސް އިންސައްތަ ޑިސްކައުންޓް ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.  

އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތަރު ހަފްތާއަށް ދިރާގުޕޭ  މެދުވެރިކޮށް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ކޮންމެ ހަފުތާއަކު އިތުރު ފައިސާ ލިބުމުގެ ނިޒާމެއް މަގުފަހިކޮށްފައި ވާނޭކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، ދިރާގުޕޭގެ ހިދުމަތް ލިބޭ ވިޔަފާރިތަކުން ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ ފަސް ވިޔަފާރި ދިރާގު ޕޭ މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ ހިލޭ ދިރާގު ޕޭ ވޮލެޓަށް، އެ ހަފުތާ އެއް ނިމުމުން ޖަމާވެގެން ދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަލަށް ތައާރަފްކުރި ކަންތައްތަކަކީ މިދުވަސްވަރު އެ ކުންފުނީގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ ގޮތުންނާއި ޑިޖިޓަލް ކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރެވޭނެކަމަށް ދިރާގުން ފާހަގަކުރެއެވެ.

ގިނަ ވިޔަފާރިތަކުން ދިރާގުޕޭ ގާއިމު ކުރަން މަގުފަހި ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ މާޗެންޓް ޓްރާންސެކްޝަން ފީ ވެސް 3 މަސްދުވަހަށް ނުނަގާ ގޮތަށް މިދިޔަ މަހުން ފެށިގެން ހަމަޖައްސާފައިއެވެ. އަދި މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ 3 މަހަށް ނުނެގުމަށް ވަނީ ހަމަޖައްސާފައިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް