މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުން ދަތުރުކޮށް ދެވޭހާ ކައިރީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ މިިދިޔަ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުގެ ވައުދެކެވެ.
އެ ވައުދުގެ ދަށުން މ. އަތޮޅު ވެރިކަން ކުރާ ރަށް މުލީގައި ތަރައްގީކުރި އެއާޕޯޓްގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފެށީ 2021 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 6 ވަނަދުވަހުއެވެ.
އެއާޕޯޓެއް ނެތް މަދުއަތޮޅުތަކުގައި ހިމެނޭ މ. އަތޮޅު ރައްޔިތުންގެ އުއްމީދާއި ގުޅިގައިވާ މި އެއާޕޯޓްގެ މަސައްކަތް ނިންމާ އަންނަ މިނިވަންދުވަހާއި ދިމާކޮށް ހިދުމަތް ދޭން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު ކުރަމުން އަންނަނީ އެއާޕޯޓް ޓަމިނަލްގެ ފިނިޝިން މަސައްކަތާއި ރަންވޭގެ ދެފަރާތުން އޮންނަ ސަރަޙައްދު ހިއްކުމުގެ މަސައްކަތެވެ.
މ. އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ އެއާޕޯޓް "މީމު އެއާޕޯޓް" މުލީގައި. އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޓީސީސީ
އެއާޕޯޓްގެ އެންމެ ފަހުގެ މަސައްކަތްތައް އެމްޓީސީސީން ކުރަމުން އަންނައިރު އެއާޕޯޓަށް ބޭނުންވާ މުވައްޒަފުންނަށް ހޯދުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓުން އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން ބުނީ "މީމު އެއާޕޯޓް"ގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެއާޕޯޓަށް މުވައްޒަފުން ނެގުމުގައި މުލަކަތޮޅަށް ނިސްބަވްތާ ޒުވާނުންނަށް އިސްކަންދޭނެ ކަމަށްވެސް ރީޖަނަލް އެއާޕޯޓްސްއިން ބުނެއެވެ.
"މީމު އެއާޕޯޓް" މުވައްޒަފުން ބޭނުންވާ މަގާމުތަކާއި އަދަދުތައް:
މ. އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ އެއާޕޯޓް "މީމު އެއާޕޯޓް" މުލީގައި. އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމްޓީސީސީ
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރި "މީމު އެއަރޕޯޓް" ގެ ރަންވޭއަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެކެވެ.
އެއާޕޯޓް ތަރައްގީކުރަމަށް 14 ހެކްޓަރުގެ ބިން ހިއްކާ، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ވަނީ ހިމާޔަތްކޮށްފަ އެވެ. ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫުގެ އަގަކީ 221.733 މިލިއަން ރުފިޔާ އެވެ.