ads
އެމްޕީއެލްއިން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދެ ސްޓޯރޭޖް ކޮންޓެއިނަރު ހަދިޔާކޮށްފައި - ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދެ ސްޓޯރޭޖް ކޮންޓެއިނަރު ހަދިޔާކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ދެ ސްޓޯރޭޖް ކޮންޓެއިނަރު ހަދިޔާ ކޮށްފި އެވެ.

އެމްޕީއެލްއިން ބުނީ މި ދެ ސްޓޯރޭޖް ކޮންޓެއިނަރު ހަދިޔާކުރީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި ދިމާވެފައިވާ ސްޓޯރޭޖްގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން، އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ކަމަށެވެ. އަދި ހަދިޔާކޮށްފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރު ކަމަށް އެ އެމްޕީއެލްއިން މައުލޫމާތުދެ އެވެ.

މި ސްޓޯރޭޖް ކޮންޓޭނަރުތައް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ރަސްމީކޮށް ހަދިޔާކުރުމަށް ބޭއްވި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އާއި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރު އަހްމަދުގެ އިތުރުން އެ ހޮސްޕިޓަލާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ދެކުނުގައި ރައްޔިތުންނަށް ހިދުމަތްދޭ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަކީ 102 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެކެވެ. 

ނަމަވެސް ހޮސްޕިޓަލްގެ ހިދުމަތުގެ ފެންވަރާއިމެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް