ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ނިމުމަަކަށް ގެންނާނަން: ސޯލިހު
ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެގެން ދިޔުން ނިމުމަކަށް ގެނައުމަށްޓަކައި އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ސޯލިހު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުން ދިއުމަކީ ދައުލަތަށް ބުރައަކަށް ވެފައިވާ ކަމަށެވެ. 

މަޖިލީހުގެ މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް އެމްޑީޕީން މަސައްކަތްކުރާނެ ގޮތުގެ ތަފްސީލު ކުރިއަށް އޮތް ތަނުގައި ހާމަކުރަމުން ގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވިއިރު، އަންނަ މަޖިލީހުގައި ތިއްބަވާނީ 93 މެންބަރުން ކަމަށެވެ. 

"ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް އޮތުމަކީ ދައުލަތަށް އޮތް ބޮޑު ބުރައަކަށް ވާތަން އެބަ ފެނޭ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން، ވަކިވަރެއްގައި ހިފެހެއްޓުން،" މަޖިލީހަށް މެންބަރުން ހޮވަން އާދީއްތަ ދުވަހު ބާއްވާ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކެލާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ގާލިބަށް ކެމްޕެއިން ކުރަން ކެލާގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވި އެވެ.

ސޯލިހް ވިދާޅުވީ އެ އިސްލާހު މަޖިލީހުގެ ފުރަތަމަ ދައުރުގައި އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. އަދި އެ ހުށަހެޅުމާ ގުޅޭ ސިޔާސަތުގެ ތަފްސީލު ކުރިއަށް އޮތް ދުވަސްތަކުގައި އާންމު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމަށެވެ. ނަމަވެސް އިތުރަށް މިނިޒާމު ހަރުދަނާކޮށް، ބާރުވެރިކުރުމުގެ ގޮތުން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އެޑްވައިޒަރު، ސޯލިހު ވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މިސަރުކާރުގެ ސިޔާސަތުތަކުގައި މިސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ ކަމަށްވާނަމަ ޚިދުމަތްތަކުން އެމީހަކު މަހްރޫމްވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް