ads
ހުސައިން އަމްރު: އުންމީދުކުރަނީ މައްޗަންގޮޅި އުތުރުން ނަތީޖާ ނެރޭ މެންބަރަށް ވުމަށް
މައްޗަންގޮޅި އުތުރުން ނަތީޖާ ނެރޭ މެންބަރަށް ވާން އަމްރު މަޖިލީހަށް
ހުސައިން އަމްރު މުހައްމަދު ރަޝާދު (އަމްރު) އަކީ ފާއިތުވި ވިއްސަކަށް އަަހަރު އިސްލާހާ ރައްޔިތުުންގެ ހައްގުތަކަށް ވަކާލާތުކޮށް މަސައްކަތްކޮށްފައިވާ ސިޔާސީ ލީޑަރެކެވެ. އަމްރުގެ ބައްޕައަކީ ދިހެރޭ ހުސެން ކަލޭގެފާނުގެ މުހައްމަދު ތަކުރުފާނުގެ ކާސިން ތަކުރުފާނުގެ ހަސަން ކަލޭގެގެ ހުސެން ކަލޭގެފާނުގެ މުހައްމަދު ރަޝާދެވެ. އަމްރުގެ މަންމައަކީ އަލްހަޖަރުލް އައުޒަމް ބޮޑު މާފަތް ތަކުރުފާނުގެ އިންނަ މަރިޔާފާނުގެ ބޮޑުގަލު އަލީ ފަޑިއްތަކުރުފާނުގެ ބޮޑުގަލު މާފަތް ތަކުރުފާނުގެ ބޮޑުގަލު ދޮން ހަސަން މަނިކުގެ ބޮޑުގަލު ފާތުމާ މަނިކެގެ މާކޮށާރު އިބްރާހިމް މަނިކުގެ މާކޮށާރު އައިސާ މަނިކެގެ މައިޒާންދޮށުގޭ ކުޑަތުއްތުގެ ޅަތުއްތުގެ އަހުމަދު މުފީދުގެ އައިމިނަތު ޒަމީލެވެ.
Advertisement

މަދުރަސަތުލް އަރަބިއްޔާއިން ސާނަވީ ތައުލީމް ހާސިލުކޮށްފައިވާ ހުސެން އަމްރު ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައި ވަނީ މެލޭޝިޔާއިން ކޮމްޕިއުޓަ ސައިންސްގެ ދާއިރާއިން ނޮލެޖް އިންޖިނިއަރިން އިން ހާއްސަވެގެންނެވެ. އެއަށްފަހު މާސްޓަ އޮފް ބިޒްނަސް މެނޭޖްމަންޓް ސްޕެޝަލައިޒިން އިން ސްޓްރެޓެޖިކް މެނޭޖްމަންޓް ހާސިލުކޮށްފައި ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީންނެވެ.

އަމްރު ބުނީ ޅަ އުމުރުން ފެށިގެން ސިޔާސީ މާހައުލަށް ލޯހުޅުވި އެ މަސައްކަތުގެ ތެރެއަށް ވަދެވުނީ އޭނާގެ ބައްޕަގެ ސަބަބުން ކަމަށެވެ. ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތާ އަދި ސިޔާސީ މަގުސަދުގައި އެތައް ފަހަރެއްގެ މަތިން ހައްޔަރުކޮށް، ލިބުނު އަނިޔާ ގާތުން ފެނުންވީ، އިންސާފާއި ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށް އަމްރުއަށް ލިބުނު ހިތްވަރަކަށެވެ. 

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ މަސައްކަތްތަކުގައި ޝާމިލުވުމަށްފަހު، 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވި އެމްޑީޕީގެ ސަރުކާރުން ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަސެކްރެޓަރީގެ މަގާމަށް އަމްރު އައްޔަނުކުރިއެވެ. އެ މަގާމުގެ އެންމެ އިސް ޒިންމާއަކަށް އޭނާ އަދާކުރީ ޕޮލިސީ އޮފީހުގެ އިކޮނޮމިކް ޑިވިޝަން ހިންގުމެވެ. އެ ވެރިކަމުގައި 2010 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އަމްރު އައްޔަންކުރެވުނެވެ. އެމްޓީސީސީއަކީ އޭރު ގެއްލުންވަމުންދާ ކުންފުންޏެއް ނަމަވެސް، ދޮޅު އަހަރުގެ ތެރޭގައި އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް އަމްރުގެ ބެލެހެއްޓުންތެރިކަމުގެ ބަދަލު ކުރެވުނެވެ.

އެމްޑީޕީގެ ސަރުކާރު 2012 ވަނަ އަހަރު ގަދަބާރުން ބަދަލުކުރި ނަމަވެސް އަމްރު ހުރީ ދެގޮތެއް ނުވެ، ގަބޫލުކުރާ ހަމަތައް ހިފެހެއްޓުމުގައެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ކޮންމެ އިންތިހާބަކަށް އެކުލަވާލެވުނު މެނިފެސްޓޯ އެކުލަވާލުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ނުހައްގުން އެއްވެސް ތުހުމަތަކާ ނުލާ އެސްއޯއީގެ ދަށުން 2018 ވަނަ އަހަރު ހައްޔަރުކޮށް، 33 ދުވަހު އަމްރުއަށް ޖަލުގައި އޮންނަން ޖެހުނެވެ. އެއަށްފަހު ރިޔާސީ އިންތިހާބުގެ ކުރިން އެކުލަވާލެވުނު ކޯލިޝަންގެ ޖޮއިންޓް މެނިފެސްޓޯ އެކުލަވަލާލުމުގައި އިސްކޮށް ހުރީ އަމްރެވެ. ހަމައެއާއެކު، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭން އެކުލަވާލީ ވެސް އޭނާއެވެ.

your imageހުސައިން އަމްރު: އުންމީދުކުރަނީ މައްޗަންގޮޅި އުތުރުން ނަތީޖާ ނެރޭ މެންބަރަށް ވުމަށް

މި މަސައްކަތުގައި 10 ވަރަކަށް އަހަރު ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުވެ ހިޔާލާ މަޝްވަރާ ހޯދުމަށް ފުރުސަތު ލިބުނު އަމްރުއަކީ ސިޔާސަތު އެކުލަވާލުމާ ސިޔާސަތު ތަންފީޒު ކުރުމުގެ ފުރިހަމަ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމާ މެދު ޝައްކެއްނެތެވެ. އޭނާގެ ސިޔާސީ ތަޖުރިބާއަށް ބަލާ ކަމުގައި ވަނީ ނަމަ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގދ. ފަރެސް މާތޮޑާ ދާއިރާގެ ރައީސްކަމާ، ގުރައިދޫ ދާއިރާގެ ރައީސްކަމާ އަދި މުޅި ގއ. އަދ ގދ. ހިމެނޭހެން ހުވަދޫ ޕްރޮވިންސް ރައީސްކަން އަދާކޮށްފައެވެ. އަމްރުއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިން މޭޓް ވެސް މެއެވެ.

އަމްރުގެ މަސައްކަތުގެ ތަޖުރިބާގެ ތެރެއިން އެންމެ ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކަން އަދާކުރުމެވެ. އޭނާ އެ ކުންފުންޏާ ހަވާލުވިއިރު، އެސްޓީއޯގެ ފައިދާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވީނަމަވެސް ހަތަރު އަހަރު ފަހުން އެ ފައިދާ ވަނީ ރެކޯޑު އަދަދެއް ކަަމަށްވާ އެއް ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް އަމްރު ދެކޭ ގޮތުގައި އެސްޓީއޯގައި ހޭދަކުރި މުއްދަތުގެ އެންމެ ބޮޑު ކާމިޔާބީއަކީ މިއެއް ނޫނެވެ. އެންމެ ހިތްހަމަޖެހުނު މަސައްކަތަކަށް އަދި ހަމަ އެހެންމެ އެންމެ ބުރަ މަސައްކަތަކަށްވީ ވެސް، ކޮވިޑް 19 ގެ ކާރިސާގެ ތެރޭގައި ބޯޑަރުތައް ބަންދުކޮށް އެންމެ ދަތިތައް ކުރިމަތިވިއިރު، މާތް ﷲ އިރާދާފުޅާ އެކު މުޅި ރާއްޖެއަށް ދަތިކަމެއް ނެތި އަދި ރައްޔިތުން ހާސްކަމުގެ ތެރެއަށް ނުވެއްޓި ކާޑާއި ބޭހާއި ތެލާ އަދި ސިއްހީ ދާއިރާއަށް ބޭނުންވި ޕީޕީއީ އާއި ވެކްސިން ފޯރުކޮށްދެވުންކަން އޭނާ ފާހަގަކުރެއެވެ. އޭގެ އިތުރުން ޕެންޑެމިކެއްގެ ތެރޭގައި ނަމަވެސް، ރާއްޖެއިން ފަނޑުވެ ގޮސްފައިވާ ޝިޕިން އިންޑަސްޓްރީ އަލުން އިޔާދަކުރުމަށް ގައުމީ ޝިޕިން ލައިންއެއް ގާއިމުކޮށް ފުރަތަމަ އަހަރު ތެރޭގައި ކުންފުނީގެ އަމިއްލަ ތިން ބޯޓު ގަތުން އެއީ އެންމެ ރިސްކް ބޮޑު ނަމަވެސް އެންމެ ހިތްހަމަޖެހުން ލިބުނު މަސައްކަތް ކަމުގައި އަމްރު ބުނެއެވެ.

އަމްރުއަކީ އަބަދުވެސް އާ ކަންކަން ކުރުމާ ތައާރަފު ކުރުމަށް ޝައުގުވެރިވާ ފަރާތެކެވެ. އެސްޓީއޯގެ ދަށުން މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުންފުނި އުފައްދާ ޝިޕިންގް ލައިން ފެއްޓުމަށްފަހު، ދެން އޭނާގެ އަމާޒަކަށްވީ ޓެކްނޮލޮޖީގެ އެހީގައި ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް ބަދަލުކޮށްލުމަށް ޑިޖިޓަލް ބޭންކެއް ތައާރަފު ކުރުމެވެ. މިއީ އަދިވެސް އޭނާގެ ނަޒަރުގައި ރާއްޖޭގައި ކުރުން ފައިދާހުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންތެރި ކަމެކެވެ.

އެސްޓީއޯ އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް އަމިއްލަ ވިޔަފާރިތަކަށް ވަނުމާ މެދު އަބަދުވެސް ނުރުހުން ފާޅުކޮށްފައިވާތީ، އަމްރުގެ އެއް އަމާޒަކަށްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދީ ވިޔަފާރިއަށް މަގުފަހިކޮށްދޭ ތަނަކަށް އެސްޓީއޯ ހެދުމެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއަކީ އެހެން ވިޔަފާރިތަކުގެ މުދާ ވިއްކާ ތަނަކަށް ބަދަލުކޮށް، މިއަދު 170 ދިވެހި ވިޔަފާރި ޕީޕަލްސް ޗޮއިސްގައި އަންނަނީ ވިޔަފާރި ކުރަމުންނެވެ.

your imageހުސައިން އަމްރު: އުންމީދުކުރަނީ މައްޗަންގޮޅި އުތުރުން ނަތީޖާ ނެރޭ މެންބަރަށް ވުމަށް

އަމްރު ގަބޫލުކުރާ ގޮތުން ރާއްޖެ ފަދަ އެހެން ގައުމުތަކަށް ބަރޯސާވެފައިވާ ގައުމަކަށް އެންމެ މުހިންމު އެއް ކަމަކީ ކާނާގެ ޔަގީންކަން ނުވަތަ ފުޑް ސެކިއުރިޓީއެވެ. އާ އީޖާދުތަކާ ވިސްނުން ބޭނުންކޮށްގެން ރާއްޖޭގައި ހެއްދޭ ބާވަތްތަކުން ފުށާއި ކާޑުގެ އެހެން ބާވަތްތައް އުފެއްދުމަކީ އަމްރުގެ ތަސައްވަރެކެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ކާނާގެ ރައްކާތެރިކަމަކީ ވެސް ސަމާލުކަންދީ، އެކަށީގެންވާ ގާނޫނުތަކުން ޔަގީން ކޮށްދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެއެވެ. އަމްރު ދެކޭ ގޮތުގައި މިހާރު ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކުގެ ފޭކް ޕްރޮޑަކްޓްތަކުން ބަލިތައް އިތުރުވާ ކަމާ، މިކަމުން ދިވެހިން ރައްކާތެރިކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. 

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަވެ، ރާއްޖޭގެ އާމްދަނީ އިތުރުވި ނަމަވެސް، އާންމު ރައްޔިތު މީހާގެ ޖީބަށް ފައިސާ އިތުރުނުވާކަމީ އަމްރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އަމްރު ގަބޫލު ކުރާ ގޮތުގައި ގައުމުގެ އާމްދަނީ އިތުރުކޮށް ދަރަނި ކުޑަކުރާނެ ގޮތްތައް ހޯދުމާ އެކު، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުއްޓެވެ. އެގޮތުން ޒުވާނުން އަމިއްލަ މަސައްކަތްކޮށް، އަމިއްލަ ހުނަރާއި އީޖާދީ ވިސްނުން ބޭނުންކޮށްގެން އާމްދަނީ ލިބޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުން އެއީ އެންމެ މުހިންމު އެއްކަން ކަމުގައި އަމްރު ފާހަގަކުރެއެވެ. އަމްރު ދެކޭ ގޮތުގައި މިކަން ކުރުމަށް ޕޭމަންޓް ގޭޓްވޭތައް ގާއިމުކުރުމަށް ބޭނުންވާ ގާނޫނުތައް މަޖިލީހުން ހަދަން ޖެހެއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކި ސަރުކާރުން އެކި ޕްލޭން ހަދާ ވައުދުވީ ނަމަވެސް، ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެކަމުގެ އަދި ލިބޭނެ އިރެއްގެ ޔަގީންކަން ނެތްއިރު އަމްރުގެ ވިސްނުމަކީ ބޯހިޔާވަހިކަމަށް ބޭނުން ވެފައިވާ އެއްވެސް މާލޭގެ ރައްޔިތަކަށް އެ ހައްގު ނުގެއްލޭ ފަދަ ނިޒާމެއް ޔަގީން ކުރުމެވެ.

your imageހުސައިން އަމްރު: އުންމީދުކުރަނީ މައްޗަންގޮޅި އުތުރުން ނަތީޖާ ނެރޭ މެންބަރަށް ވުމަށް

އަމްރުގެ ފަރާތުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ސިފައަކީ ގަބޫލުކުރާ ގޮތުގައި، އުސޫލުތަކާއި އަސާސްތަކުގެ މަތީގައި ހުރުމެވެ. މަގާމާއި ފައިސާ އާއި ބާރަށް ނުގުޑާކަން އަމްރު ވަނީ ސާބިތުކޮށްދީފައެވެ. އޭނާގެ ވައުދަކީ ދައުލަތުން ހަރަދުކުރާ ކޮންމެ ފައިސާ ފޮއްޗަކަށްމެ ފާރަވެރިވެ އަދި އެއީ ރައްޔިތުންނާ ގައުމަށް އެންމެ ހެޔޮ ގޮތްތޯ ކަށަވަރުކުރުމެވެ. އަދި މަޖިލީހުން ހަދާ ގާނޫނުތަކަކީ ތަންފީޒުކުރެވޭ ފަދަ ގާނޫނުތައް ކަމުގައި ޔަގީން ކުރުމެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ފަރާތްތަކާމެދު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝައްކާއި ނުރުހުން ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ މަސައްކަތަކީ ރައްޔިތުން ބަލައިގަންނަ، އިތުބާރުކުރާ މަސައްކަތަކަށް ހެދުމެވެ. އެގޮތުން އަމްރުގެ އުންމީދަކީ، މައްޗަންގޮޅި އުތުރު ދާއިރާއަކީ ނަމޫނާ ދާއިރާއަކަށް ފާހަގަވެ، ނަތީޖާ ނެރޭ މެންބަރަކަށް އޭނާ ވުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް