އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވިކަން ހާމަކުރައްވާ ހަމީދު ސޯޝަލް މީޑިއާގައި ވިދާޅުވީ، މަމްދޫހަށް ތާއީދު ކުރަން ނިންމެވީ ފުނަދޫ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެންމެ ފަހިގޮތަކީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަކު މަޖިލީހުގައި ތަމްސީލުކުރުން ކަމަށް އޭނާއަށް ފެންނާތީ ކަމަށެވެ.
ފުނަދޫ ދާއިރާއަށް ޖުމްލަ ފަސް ކެންޑިޑޭޓުން ވާދަކުރާއިރު، ހަމީދާއި މަމްދޫހުގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ދަ ޑިމޮކްރެޓްސްގެ އަބްދުލްހަންނާން ހުސައިން އަދި އަމިއްލަގޮތުން އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމްފުޅެވެ.