ads
ތިން މީހުންނާ އެކު ގެއްލިގެން ހޯދަމުން އަންނަ ފަރިހި 2 ދޯނި - ފޮޓޯ:ފުލުހުން
"ފަރިހި 2" ހޯދަން 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި
ގެއްލިގެން ހޯދަމުން އަންނަ "ފަރިހި 2" ދޯނި ހޯދަން މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ މ. ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނިކުތް "ފަރިހި 2" ނަމަކަށް ކިޔާ ދޯންޏެކެވެ. މި ދޯނީގެ ހަބަރެއް ނުވެގެން ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ ރޭ މެންދަމުއެވެ.

ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ 3 ފަޅުވެރިންނާ އެކު މަސް ބާނަން ނިކުތް "ފަރިހި 2" ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަކްރާފްޓް 114 ރޭ 11:20 ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފް ވައިގެ ބާރުން ވަނީ ދޯނި ހޯދުމަށްޓަކައި "ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލާފައި ކަމަށް ގައުމީ ދިފާއީ ބާރުން ރޭ 2:03 ގައި ވަނީ ބުނެފައެވެ.

ދިފާއީ ބާރުން މިއަދު ބުނި ގޮތުގައި ހަބަރެއް ނުވެގެން ހޯދަމުން އަންނަ އެ ދޯނި ހޯދަން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް 440 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމުގަ އެވެ. އަދި ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް ގައުމީ ދިފާއީ ބާރުން ބުނެ އެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހަބަރެއް ނުވެގެން ހޯދަމުން އަންނަ ދޯންޏާއި އަދި އެ ދޯނިން ދަތުރުކުރި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރަން އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް