ads
ބައްސާމް އަދީލް ޖަލީލް
އެފްއޭއެމް ކަންތައް ބެލުމަށް ފީފާގެ ޓީމެއް މާލެއަށް
އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތަކާ އަދި އިދާރީ ގޮތުން ބޮއްސުންލާފައިވާ ކަންކަން ބަލައި ހައްލުކޮށް، އެފްއޭއެމް ނޯމަލައިޒް ކުރުމަށް ފީފާގެ ޓީމެއް މިއަދު މާލެ އަންނާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދީފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި އޭއެފްސީގެ ފަރާތްތައް ހިމެނޭ ޓީމުން ރާއްޖެ އައިސް، ދިވެހި ފުޓްބޯޅައިގެ ހާލަތު ދެނެގަންނާނެއެވެ. އަދި އެއަށް ފަހު، ބައްސާމް އެފްއޭއެމުން ދުރުކޮށް ނޯމަލައިޒް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެފްއޭއެމްގެ އިންތިހާބުވެސް ފީފާއިންވަނީ ހުއްޓުވާފައެވެ.

ރާއްޖެއަށް އަންނަ ފީފާގެ ޓީމުން، އެފްއޭއެމް އާއި ދިވެހި ފުޓްބޯޅައާ ގުޅޭ އެކި ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފީފާގެ ޓީމުގެ މީޓީންތައް ހޯމަ ދުވަހު ފެށޭނެއެވެ. 

ކޮރަޕްޝަންގެ ހާއްޔަކަށްވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ޖިނާއީ ދައުވާ އުފުލި އަންނަނީ މައްސަލައިގެ ޝަރީއަތް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް