ads
ރައީސް ޑރ. މުއިއްޒާއި ޑިފެންސް މިނިސްޓަރު ޣައްސާން ---- ފޮޓޯ: ރައީސް އޮފީސް
"ސިފައިންގެ ހިންމަތާއި މިންނަތް ދިވެހީން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު"
ދިވެހި ސިފައިން ކުރައްވާ ހިންމަތާއި މިންނަތް ޝުކުރުވެރިކަމާއެކު ދިވެހީން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީީސް މިހެން ވިދާޅުވީ 132 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ ގައުމަށްޓަކައި ރެއާއި ދުވާލު ސިފައިން ކޮށްދެނީ އިހްލާސްތެރި ހިދުމަތެއް ކަމަށެވެ.

"ގައުމާ ރައްޔިތުންނަށްޓަކައި ރޭގަނޑާ ދުވާލު އިހްލާސްތެރި ހިދުމަތުގައި ގަދަ ހިތްވަރާ އަޒުމާއެކު ދިވެހި ސިފައިން ކުރައްވާ ހިންމަތާއި މިންނަތް ދިވެހީން ބަލިގަންނަނީ ޝުކުރުވެރިކަމާއެކުއެވެ." ރައީސްގެ ޕޯސްޓްގައިވެ އެވެ.

ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިހްތިރާމުކުރުމުގެ ގޮތުން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ސިފައިންގެ 132 ވަނަ އަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "ގައުމުގެ މިނިވަންކަން – ސިފައިންގެ ސާބިތުކަން" މި ޝިއާރު ހާމަ ކޮށްދެއްވާފަ އެވެ. އަދި ދިވެހި އަސްކަރިއްޔާއިން އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ"ގެ 34 ވަނަ އަދަދު ވެސް މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ނެރެއްދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް