އެ ދާއިރާއަށް ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބޫގެ ކޮށްކޯފުޅު ޖީހާން މަހްމޫދު އެކަންޏެވެ.
ހިންނަވަރު ދާއިރާގެ ގޮނޑި ޖީހާންއަށް ނާކާމިޔާބުވުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ވެއްޓުމެކެވެ. އެގޮތުން އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލިފައި މިވަނީ ފަސް ދައުރަށް ފަހުގަ އެވެ.
އިންތިހާބުން ބަލިވި ޖީހާން ދާއިރާގެ ގޮނޑިއަށް އިންތިހާބުވީ 2019 ވަނަ އަހަރުގަ އެވެ. އޭނާ ގޮނޑި ކާމިޔާބުކުރީ ރައީސް އިބޫގެ ހަތަރު ދައުރަށްފަހު އެވެ.
މިއަދު ބޭއްވުނު މަޖިލިސް އިންތިހާބުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މަޖިލިހުގެ ވަރަށް ގިނަ ގޮނޑިތަކެއް އިދިކޮޅު އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. އަދި ނަތީޖާތަކުން ފެންނަނީ ސަރުކާރު ބޮޑުތަނުން މޮޅުވެ ސުޕަ މެޖޯރިޓީ ހޯދާފައިވާ މަންޒަރެވެ.