ads
ޕީއެންއެފް
ޕީއެންއެފަށްވެސް އެއްވެސް ގޮނޑިއެއް ނުލިބުނު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް) އަށް ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ނުވެ ހުސްއަތާ ނިންމާލައިފިއެވެ.

ޕީއެންއެފް އިން މަޖިލީހުގެ އިންތިހާބަށް 35 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެހެންނަމަވެސް މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވިއިރުވެސް ޕީއެންއެފް އުފެދިފައި ނުވުމުން މި ހުރިހާ މެމްބަރުުން ވާދަކުރީ އަމިއްލަ މެމްބަރުންގެ ގޮތުގައެވެ. 

ރައީސް މުއިއްޒާއި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ޔާމީން ޕީޕީއެމުން ވަކިވެޑައިގަތީ މި ސަރުކާރުގެ ވެރިކަމަށް އައިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ރައީސް ޔާމީން ޕީޕީއެމުން ވަކިވެޑައިގެން ރައީސް މުއިއްޒާއި ސަރުކާރަށް ގަންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދެވި ޑިމޮކްރެޓްސްއަށް ވެސް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާންޖެހިފައެވެ. މީގެއިތުރުން އަދާލަތަށް ވެސް މި އިންތިހާބުގައިވެސް އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް