ނަޒޫގެ ކެމްޕެއިން ޓީމާ ހަވާލާދީ ރިޕޯޓުތައް ބުނަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ކަމަށެވެ.
އެ މައްސަލަ އެ ދާއިރާގެ ކެމްޕެއިން ޓީމުން އެމްޑީޕީގެ ކަމާ ގުޅޭ ގުނަންތަކަށް ހުށައަޅާނެ މައުލޫމާތު ލިބިފައިވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފައިސަލްގެ އާއިލާ އަދި ދާއިރާގެ ވަރަށް ގިނަ ބަޔަކަށް ގުޅާ ނަޒޫއާ ދެކޮޅަށް ތަކުރާރުކޮށް ފައިސަލް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ފައިސަލްއާ ނަޒޫއަކީ ދެބެންނެވެ.
މިކަހަލަ ތުހުމަތުތަކެއްކޮށް ނަޒޫގެ ފިރިކަލުން އަދި ކުރީގެ ވަޒީރު މަހްލޫފުގެ ޗެޓްލޮގެއް ކަމަަށް ބެލެވޭ ޗެޓްލޮގެއް ސޯޝަލް މީޑިއާގައި މިއަދު އާއްމުވެސް ވެފައިވެ އެވެ.