ads
ފެނަކައިގެ އެމްޑީ މުހައްމަދު ސައީދު ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް
ސައީދުވެސް ހިމެނޭ ގޮތަށް ފެނަކައިގެ ހިޔާނާތުގެ މައްސަލަތަކެއް އޭސީސީއަށް
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ވެރިންނާއި ގުޅޭ ހިޔާނާތުގެ 25 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވާކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީީ) ގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. 

މުއާޒު ވިދާޅުވީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ ބޯޑުގެ ހުއްދަ ނެތި 60 މަޝްރޫއެއް ފަށާފައިވާކަމަށެވެ. އޭގެތެރެއިން 25 މަޝްރޫއެއްގައި ކަންކަން ހިންގާފައިވާ ގޯސްކޮށްކަން ފާހަގަކުރެވި އެ މަޝްރޫއުތަކާއި ގުޅޭ މައްސަލަތައް އޭސީސީއަށް ހުށައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކޮރަޕްޝަންގެ ތުހުމަތު ކުރެވި އޭސީސީއަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި އެސްޓިމޭޓެެއް ހެދުމަކާއި ނުލާ އަދި މާކެޓްގައި ތަކެތި ލިބެން ހުރި އަގުތައް ނުބަލާ ފެށި މަޝްރޫއުތައް ހިމެނޭކަމަށް މުއާޒު ވިދާޅުވިއެވެ. އަދި އެގޮތަށް މަޝްރޫއުތައް ފެށުމުން މާކެޓްގެ އަގަށްވުރެ 50 އިންސައްތަ ބޮޑު އަގުގައި ތަކެތި ގަނެފައިވާކަމަށްވެސް މުއާޒު ވިދާޅުވިއެވެ. 

your imageފެނަކައިގެ އެމްޑީ މުއާޒާއި އެކުންފުނީގެ އިސްވެރިން މަޖިލީހުގެ ކޮމެޓީގައި 

އެ މަޝްރޫއުތައް ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުންނާއި މަަސައްކަތް ނިމޭނެ އަގަކާއި ނިންމާނެ ދުވަހެއް ކަނޑަނާޅާ ކަމުން އެކަމުގެ ސަބަބުން ބޮޑުތި ހަރަދުތަކެއް ކުންފުނިން ކުރަންޖެހިފައިވާކަން މުއާޒު ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި މުވައްޒަފުންގެ މުސާރައަށް ކުރަންޖެހިފައިވާ ބޮޑު ހަރަދުތައް މުއާޒު ފާހަގަކުރެއްވިއެވެ. 

ފެނަަކައިގެ ކުރީގެ ވެރިންނާއި ގުޅޭ މައްސަލަތައް އޭސީސީއަށް ހުށައަޅާފައިވަނީ އެކަން ކުރި ބައެއް ހޯދާ އަބަދު ދެވޭ ވަރުގެ ހެކިތަކާއި އެކުކަމަށް މުއާޒު ވިދާޅުވިއެވެ. އަދި މި މައްސަލަތަކުގައި ކުންފުނީގެ ވެރިން އެކި މިންވަރަށް ބައިވެރިވިިއިރު އޭގެތެރޭގައި މިދިޔަ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުންނެވި މުހައްމަދު ސައީދު ހިމެނޭކަމަށްވެސް މުއާޒު ވަނީ ތުހުމަތުކުރައްވާފައެވެ.

މުއާޒު ވިދާޅުވީ ބޯޑުގެ ހުއްދަ ނެތި މިދިޔަ ސަރުކާރުން ފެށި މަޝްރޫއުތައް މިހާރު ހުއްޓާލާފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް