ads
ކޮވިޑް-19 އާއި ގުޅިގެން ސެކިއުރިޓީ މާކެޓްގެ އިންތިޒާމްތައް އާންމުކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ސެކިއުރިޓީ މާކެޓްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އާންމު ކޮށްފިއެވެ.

ސީއެމްޑީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ސެކިއުރިޓީޒް ދޫކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާއި ބެހޭ ގަވާއިދުގެ ދަށުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން ޝާއިއުކޮށް އާންމު ކުރަންޖެހޭ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ނެރެންޖެހޭ އެންމެ ފަހުގެ ތާރިހަކީ 30 ޖޫން ކަމަށެވެ.

މީގެ އިތުރުން، އާންމު ސިއްހަތުގެ ކުއްލު ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައިވާ މި ދުވަސްވަރަކީ މީހުން އެއްތަނަކަށް ޖަމާނުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހާލަތަކަށް ވާތީ ލިސްޓިން ރޫލްސްގެ ދަށުން 31 މޭގެ ކުރިން ލިސްޓް ކޮށްފައިވާ ކުންފުނިތަކުން ބާއްވަންޖެހޭ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 31 ޖުލައި ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި ސެކިއުރިޓީޒް ގަނެވިއްކުމާ ގުޅޭ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ބޭންކުތައް ހުޅުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކަނޑައަޅާފައިވާ ދުވަސްތަކުގައި އެއޮތީރިޓީ އިން ލައިސަންސް ދޫކޮށްފައިވާ ކުންފުނިތަކުން ހަމަޖައްސާފައިވާ އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

އެ އޮތޯރިޓީ އިން ލައިސަންސް ދޫކޮށްފައިވާ ކުންފުނިތަކަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ޑީލިން ދެ ކުންފުނި ކަމަށްވާ އާރިޔާ ސެކިއުރިޓީޒް ޕްރައިވެޓް ލިމިޓެޑް އަދި ސްޓޮކް ބްރޯކާސް ޕްރައިވެޓް ލިމިޓެޑް އެވެ.

ސީއެމްޑީއޭއިން ވަނީ ޖެމްސް ބޭނުންކުރާ ފަރާތްތަކުން އެ އޮތޯރިޓީ އަށް ޖެމްސް މެދުވެރިކޮށް ލިޔެކިޔުންތައް ފޮނުވުމަށާއި އާންމު ފަރާތްތަކުން އޮފީހަށް ފޮނުވާ ސިޓީ އާއި އެހެނިހެން ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް