ads
މައްކާގައި ނިޔާވި އަބްދުﷲ އަލީ (އަބްދުﷲ ބެ)
މައްކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ
ރޯދަމަހުގެ އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އިހަވަންދޫ ފެހި ފަރުދާގެ އއުމުރުން 52 އަހަރު އަބްދުﷲ އަލީ (އަބްދުﷲ ބެ) އެވެ.

އަބްދުﷲ ބެ މި ރޯދަމަހުގެ އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔައީ ލައްބައެކަ ޓްއާސްގެ ހަވާލުގައެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހު އުމްރާއަށް ދިޔަ އަބްދުﷲ ބެ ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ އުމްރާއަށް ފަހު ފުރަން އޮތް ދުވަހު މާ ބޮޑަށް ބަލިވެގެންނެވެ. 

ނިޔާވީ މައްކާގެ އަލް-އަހްލީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. 


ރޯދަ އުމްރާއަށް ދިޔަ ދެ ދިވެއްސަކު މިއަހަރު ވަނީ މައްކާގައި ނިޔާވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް