ads
އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވި ޕީއެންސީގެ މެންބަރުން އަލުން އެ ޕާޓީއަށް ސޮއިކުރުން
އަމިއްލަގޮތުން ވާދަކޮށް އިންތިހާބުވި ޕީއެންސީގެ މެންބަރުން އަލުން އެ ޕާޓީއަށް
ނިމުނު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކޮށް، އިންތިހާބުވި ހަ މެންބަރަކު ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އަލުން ސޮއިކޮށްފި އެވެ.

ޕީއެންސީއަށް އަލުން ސޮއިކުރި ހަ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ނަންގަވާފައިވާ ފޮޓޯއެއް އެ ޕާޓީގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ޕޯސްޓުކޮށް، ޕާޓީއަށް ސޮއިކޮށްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

ކޮންގްރެސް ޕާޓީއަށް އަލަށް ސޮއިކުރެއްވި މެންބަރުން:

  • ޑރ. އަނާރާ ނައީމް - ހުރާ ދާއިރާ
  • ހަސަން ޒަރީރު - މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު - މައްޗަންގޮޅި މެދު ދާއިރާ
  • އަހުމަދު ރިޔާޒް - ތިމަރަފުށި ދާއިރާ
  • ޔާސީން އަބްދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް - ވިލިގިނލި ދާއިރާ

މީގެ ތެރެއިން ފަސް ބޭފުޅުންނަކީ މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނަމަވެސް ޕީއެންސީގެ ދަފުތަރުގައި ތިއްބެވި ބޭފުޅުންނެވެ. އަނާރާ އާއި އާޒިމް އަދި ޒަމީރަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި ތިން ބޭފުޅުންނެވެ. އެ ބޭފުޅުންގެ ތެރެއިން އަނާރާ އާއި ޒަމީރު އިންތިހާބަށް ނިކުންނަވާފައި ވަނީ ރައީސް މުއިއްޒުގެ ތާއީދާ އެކުގަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް