ads
ދަރިވަރުން އޯލެވްލެ އިމްތިހާނު ހަދަނީ. ފޮޓޯ: ސަން
އޯލެވެލް އިމްތިހާނު ފަށައިފި، ދަރިވަރުންނަށް ކާމިޔާބީއަށް އެދެން
މިއަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނު މިއަދު ފަށައިފިއެވެ.

7501 ކުދިން މި އަހަރުގެ އިމްތިހާނު ހަދައެވެ. މީ މިދިޔަ އަހަރު އިމްތިހާނު ހެދި ދަރިވަރުންނަށްވުރެ 803 ދަރިވަރުން އިތިރުވުމެކެވެ. މިދިޔަ އަހަރު އޯލެވެލް ހެދީ 6،698 ދަރިވަރުންނެވެ. 

ދިވެހި، އިސްލާމް، އަދި އަރަބި ހިމެނޭ އެސް.ސީ.ސީ އިމްތިހާނު ހަދަނީ 7133 ދަރިވަރުންނެވެ.

ތައުލީމީ ވުޒާރާއިން ބުނީ މިފަހަރު އޯލެވެލް އިމްތިހާން ރާއްޖޭގެ 256 ސެންޓަރެއްގައި ކުރިއަށްދާކަމަށެވެ. އިމްތިހާނުތައް ނިމޭނީ އަންނަ ޖޫންމަހުގެ 13 ވަނަދުވަހުއެވެ. 

އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މިއަހަރު ސަރުކާރުންވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަޖުބޫރު ހަތަރު މާއްދާގައި ދަރިވަރުން ބައިވެރިވާންޖެހެއެވެ. އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުންނެވެ.  

އަލަށް ގެނައި ބަދަލުން މޮކް އިމްތިހާނުން ފާސްނުވި ނަމަވެސް، އޯލެވެލްގައި އެ އިމްތިހާނުތަކުގައި ބައިވެރިވާންޖެހެއެވެ. މަޖުބޫރުކުރެއެވެ. ކުރިން އުސޫލު އޮތް ގޮތުން މަޖުބޫރު މާއްދާއަކުން މޮކް އިމްތިހާނުގައި ފެއިލް ވެއްޖެނަމަ އެ ދަރިވަރަކު އޯލެވެލް އިމްތިހާނުގެ އެ މާއްދާއެއްގައި ބައިވެރިވާންޖެހޭނީ އަމިއްލައަށް ފައިސާ ދައްކައިގެންނެވެ.



މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާއަކުް ދަރިވަރުން އޯލެވެލް ހަދަންޖެހެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް