ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނުން ބުނި ގޮތުގައި މި ތިން މަހުގެ ކުލިން ލުއެއް ދޭން ނިންމާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން މި ދުވަސްވަރު ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށެވެ.
އެގޮތުން އިއްޔެއިން ފެށިގެން ކުރިއަށް އޮތް ތިން މަހު، ދައްކަން ޖެހޭ މަހު ކުލީގެ 30 ޕަސެންޓް އުނިކޮށްދޭން ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން ބުނީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ގުޅީފަޅާއި ތިލަފުށިން ބިން އަދި އެޕާޓްމަންޓްތަކަށް ކުރިއަށް އޮތް ތިން މަހަށް ދައްކަން ޖެހޭ މަހު ކުލިން ބައެއް އުނިކޮށްދީފައިވާއިރު އެޗްޑީސީން ވަނީ ހުޅުމާލޭގެ ރައްޔިތުން، އެ ކުންފުންޏަށް ދައްކަން ޖެހޭ ކުލި ވެސް ފަސްކޮށްދީފަ އެވެ.