ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: އަދަދު
ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފި
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދީފިއެވެ.

ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އަދި ޕާޓީގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް މަލީހް ޖަމާލް ވަނީ ޕީއެންއެފްގެ ރަޖިސްޓްރީ އޭނާގެ އެކްސްގައި އާއްމުކުރައްވާފައެވެ. 

ޕާޓީ ރަޖިސްޓްރީކޮށްދިންކަން ހާމަކުރަމުން މަލީހް ޖަމާލް އެކްސްގައި ވަނނީ އެޕާޓީ އުފެއްދުމަށް ދިމާވި ކަންކަމުގައި ވާހަކަ ހިއްސާކުރައްވާ އެއީ މަޒީކަަމަށް ވިދާޅުވެފައެވެ. 

" ޕާޓީގެ ބާނީ ދައުލަތުގެ އަނިޔާގަ, ޕާޓީ އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓު ނުދީ ސަރުކާރުން އަސޭމިރުހާ އެތައް މެމްބަރުންނަށް ކުރީ އަނިޔާ, އެންމެ ފަހުން ރާޅުގަނޑު ގޮނޑުދޮށަށް ޕާޓީ އުފަންކުރުވަން ޖެހުނީ. އެއީ މާޒީ. ޕާޓީ ދާނީ ކުރިޔަށް ވަރުގަދަކޮށް. މަރުޙަބާ ރައީސް ޔާމީން" މަލީހް އެކްސްގައި ކުރެއްވި ޕޯސްޓްގައިވެއެވެ.

your imageރައީސް ޔާމީން އުފެއްދެވި ޕީއެންއެފްގެ ރަޖިސްޓްރީ 

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީންގައި ބާއްވަން އޮތް ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެންމެ ފަހުން އެ ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ. 

ޖަލްސާ ބޭއްވީ 329 މެމްބަރުންނާއެކުއެވެ. ޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ރައީސްއާ ޕާޓީ ލޯގޯވެސް ފާސްކޮށްފައެވެ. ޕާޓީގެ ވަގުތީ ރައީސްއަކަށް އައްޔަންކުރީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހުންނެވި ރައީސް ޔާމީން ދަރިކަލުން ޒޭން އަބްދުﷲ ޔާމީންނެވެ. އޭނާ އެމަގާމަށް އައްޔަންކުރީ ޖަލްސާގައި ބައިވެރިވި 329 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ސެނެޓްވެސް ވަނީ އުފައްދައިފައެވެ. ސެނެޓްގައި ރައީސް ޔާމީންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ޕާޓީގެ ދާއިމީ މަގާމުތަކަށް ވަގުތީ ގޮތުން މީހުން  ހަމަޖައްސާ މަސްއޫލިއްޔަތުތައްވެސް ވަނީ ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް