ދުނިޔޭގަ ފާހަގަކުރަމުންދާ އޯޓިޒަމް ދުވަހާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓްވިޓުގައި ވިދާޅުވީ އެ ދުވަހާ ބައްދަލުކުރަން ޖެހުނީ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގެ ބިރުވެރިކަމާއި ނުރައްކަލުގައި ހޭދަކުރައްވަން ޖެހި ވަޑައިގެންފައިވާ ދުވަސްވަރަކު ކަމަށެވެ.
އޭގެއިތުރުން އޯޓިޒަމް ހުންނަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސަރުކާރުން އެއްބާރުލުންދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އޯޓިޒަމް ދުވާހާ ގުޅިގެން ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޓްވިޓެއް ކުރައްވާފައެވެ. އެ ޓްވިޓްގައި ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންނަށް އެންމެންގެ އެހީތެރިކަން ބޭނުންވާކަމަށާއި އެފަދަ ކުދިންނަށް އެންމެން ގުޅިގެން އެއްބާރުލުންދިނުމަށް ގޮވާލާކަމަށެވެ. އަދި އަހަރުމެން އުޅޭ މުޖުތަމުއަކީ އެންމެގެ ބައިވެރިވުން އޮންނަ ތަނަކަށް ހެދުން މުހިންމުކަމަށް ފައިސަލް ވިދާޅުވި އެވެ.
ދުނިޔޭގެ ފާހަގަކުރާ އޯޓިޒަމް ދުވަހަކީ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހެއެވެ.