ads
ފޭދޫގެ މަގުތަކުގައި ފެން ބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ:އެމްއެންޑީއެފް
އައްޑޫސިޓީ 4 ގެއަކަށް ފެންވަދެ މީހުން ވަގުތީ ހިޔާތަކަށް
ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީގައި ފެން ބޮޑުވެ 4 ގެއަކުން މީހުން ވަގުތީ ހިޔާތަކަށްް ބަދަލުކުރަން ޖެހިއްޖެއެވެ.

ދެކުނަށް ކުރަމުންްދާ ވިއްސާރާގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އައްޑޫ ސިޓީއަށް 167،7 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީން ބުނީ އިއްޔެ އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި އެސިޓީގައި ފެންބޮޑުވެ  ބައެއް ގޭގެއަށް ފެނުގެ އަސަރުކޮށްފައިވާކަމަށެވެ. އަދި ފެންބޮޑުވެ ގޭތެރެއަށް ފެންވަދެ ނޫޅެވޭވަރުވެގެން 4 ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާކަމަށެވެ. 

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރޭ ވިދާޅުވީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުން ލިބެމުންދާ ކަމަށާއި ފޭދޫގެ 30 އަށް ވުރެގިނަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.  

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިއަދުވެސް މެދު ރާއްޖެތެެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓްް އޮފީހުން ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް