ads
ޕީއެންއެފް އިން ބޭއްވި އެޕާޓީގެ ފުރަތަމަ ސެނެޓު ބައްދަލުވުން
ޕީއެންއެފް ފުރަތަމަ ސެނެޓް ބައްދަލުވުން، ރިޔާސަތުގައި ޔާމިން
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފިއެވެ.

ޕީއެންއެފް ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދިނީ މިދިޔަ ހަފްތާގައެވެ. 

އެޕާޓީގެ ވަގުތީ ސެކެރެޓަރީ ޖެނަރަލް މަލީހް ޖަމާލް ވިދާޅުވީ ޕީއެންއެފްގެ ތާރީހީ ފުރަތަމަ ސެނޭޓް ބައްދަލުވުން ބައްވާފައިވާކަަށެވެ. އަދި މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ރައީސް ޔާމީންކަމަށެވެ. 

ފުރަތަމަ ސެނެޓް ބައްދަލަވުމުގައި ޕާޓީގެ މުހިއްމު 4 ކޮމެޓީއަކަށް މެމްބަރުން އައްޔަންކޮށްފައިވާކަމަށް މަލީހް ވިދާޅުވިއެވެ. ޢެގެތެރޭގައި ސުލޫކީ, އިސްތިއުނާފު, އީސީ އަދި  މެމްބަރު އެފްއާޒް ކޮމިޓީ ކަމަށް މަލީހް ވިދާޅުވިއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އުފެއްދުމަށް ގިޔާސުއްދީންގައި ބާއްވަން އޮތް ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެންމެ ފަހުން އެ ޖަލްސާ ބާއްވާފައިވަނީ ރާޅުގަނޑު ސަރަހައްދުގައެވެ. 

ޖަލްސާ ބޭއްވީ 329 މެމްބަރުންނާއެކުއެވެ. ޖަލްސާގައި ވަނީ ޕާޓީގެ ވަގުތީ ރައީސްއާ ޕާޓީ ލޯގޯވެސް ފާސްކޮށްފައެވެ. ޕާޓީގެ ވަގުތީ ރައީސްއަކަށް އައްޔަންކުރީ ޕާޓީ އުފެއްދުމުގެ އިސްކޮށް ހުންނެވި ރައީސް ޔާމީން ދަރިކަލުން ޒޭން އަބްދުﷲ ޔާމީންނެވެ. އޭނާ އެމަގާމަށް އައްޔަންކުރީ އެ ޖަލްސާގައި ބައިވެރިވި 329 މެމްބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް