ads
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް
ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނު ޝިޔާޒަށް ސަރުކާރުގެ އިސް މަގާމެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ އިސް މަގާމެއް ދީފިއެވެ.

ޝިޔާޒް އައްޔަންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އިކޮނޮމިކް މިނިސްޓްރީގައި މިހާރުވެސް ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 4 ބޭފުޅުން އެބަ ތިއްބެވިއެވެ. 

ޝިޔާޒް އެ މަގާމަށް އައްޔަންކޮށްފައި ވަނީ ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމު ހައިކޯޓުން ބާތިލުކުރުމުގެ އެއް ދުވަސް ކުރިންނެވެ. އޭނާ ވަނީ ރައީސް ޔާމީންގެ ޖަލު ހުކުމް ބާތިލުކުރި ހައިކޯޓްގެ އަޑުއެހުމުގައިވެސް ބައިވެރިވެޑައިގެންފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީނަށް 2019އިން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާޒް ބައިވެރިވެވަޑަގަންނަވައެވެ.

20%
ކަމުގޮސްފި
60%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް