ads
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓްް
ކޮޅުވެއްޓި ދަށުވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި
ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ ދަތުރުކުރަމުން އައި ލޭންޑިން ކްރާޕްޓެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައި ވަނީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާޕްޓެއް ކަމަށެވެ. މި އުޅަނދު ބަންޑުން ޖަހާލިއިރު އޭގައި ފަސް މީހުން ތިބި ކަމަށާއި މީގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ތިއްބާ ނެގީ ރޭ ފަތިހު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އޭގައިން ދަތުރުކުރި އަނެއް މީހާ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ބަންޑުންޖަހާލި ކޮޅުވެއްޓިގެ ދަށުގައި އޮއްވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ޑައިވަރުން އޭނާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތްކަމަށާއި ހޮސްޕިޓަލަށް ގެންދިިޔައިރުވެސް މަރުވައިފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް